ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި އަލަށް ހަދާ، ފަސް ބުރީގެ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
ވީ ކިހިނެއް؟- ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ނިންމާ، މި އިމާރާތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
އެމްޓީސީސީން އަޅާ 50 އެނދުގެ މި އިމާރާތުގައި ގިނަ ހިދުމަތްތަކެއް ދިނުމަށް ދޭން ވަނީ ނިންމާފަ އެވެ. އެގޮތުން:
އައިސޮލޭޝަން ފެސިލިޓީ
ރޭޑިއޮލޮޖީ ޑިޕާޓްމެންޓުގައި ސީޓީ އާއި އެމްއާރުއައި މެމޮގްރަފީ އާއި އަލްޓްރާ ސައުންޑުގެ ހިދުމަތް
މި އިމާރާތުގެ މަޝްރޫއުގެ ތެރޭގައި ވޭސްޓް މެނޭޖްމެންޓު ސެންޓަރަކާއި އިންޑަސްޓްރިއަލް ލޯންޑްރީ އާއި އޮކްސިޖަން ޕްލާންޓް ގާއިމް ކުރުން ހިމެނޭ
އެނގުން މުހިއްމު- މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 185.6 މިލިޔަން ރުފިޔާއަށެވެ.
ހއ. އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އިމާރާތުގެ ބިންގާ އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ