ކޮންޓްރޯލްޑް ޑްރަގެއް ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ
ޑްރަގު ބޭނުންކުރާ މީހުންނަށް ކޮންޓްރޯލްޑް ޑްރަގެއް ވިއްކަމުން އަންނަ މައްސަލައެއް ސަލާމުކަމަށް އައިސްފައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެެ ޗެއާޕާސަން ލުބްނާ ޒާހިރު މިރޭ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލުބްނާ ވިދާޅުވީ، ވިއްކަމުން އަންނަނީ ބިއުޕްރެނޯފިން ކިޔާ ޑްރަގެއް ކަމަށެވެ. އަދި އެކަން ކުރަމުން އަންނަކަމުގެ މައުލޫމާތު، އިތުބާރު ހުރި ވަރަށް ގިނަ މަސްދަރުތަކުން ލިބެމުން އަންނަކަމަށް ވިދާޅުވެފައިވެއެވެ. ލުބްނާގެ ޕޯސްޓުގައިވާ ގޮތުން އެ ޑްރަގުގެ 10 ގުޅަ، 2000 ރުފިޔާއަށް އަންނަނީ ވިއްކަމުންނެވެ. ބިއުޕްރެނޯފިން އަކީ ބާރުގަދަ ޕެއިންކިލާސް (މިސާލަކަށް ހެރޮއިން ނުވަތަ މޯފިން ފަދަ) ބޭނުންކުރާ ބޭހެކެވެ. މިއީ އޮޕިއޮއިޑް، މަސްތުވާތަކެއްޗަށް އެޑިކްޓްވެފައިވާ މީހުންނަށް އެހީތެރިވުމުގެ ވަސީލަތެއްގެ ގޮތުގައި ފަރުވާގައި ބޭނުންކުރާ ބޭހެކެވެ. https://x.com/LubnaZahir/status/1968963130328850866 ކޮންޓްރޯލްޑް ޑްރަގް ވިއްކުމަކީ ގާނޫނުން މަނާކޮށްފައި އޮންނަ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ