'ނޯ އެންޓްރީ 2'އިން ދިލްޖީތު ވަކިވީ ފިލްމަށް ވަގުތު ނުދެވިގެން ކަމަށް ބޮނީ ބުނެފި

ފިލްމު "ނޯ އެންޓްރީ 2"އިން އެކްޓަރު ދިލްޖީތު ދޮސާންޖު ވަކިވީ އެއްވެސް ކަހަލަ މައްސަލައެއް ޖެހިގެން ނޫން ކަމަށާއި އެކްޓަރަށް ފިލްމަށް ވަގުތު ނުދެވިގެން ކަމަށް ޕްރޮޑިއުސަރު ބޮނީ ކަޕޫރު ބުނެފިއެވެ. އެ ފިލްމުގެ ޕްރޮޑިއުސަރު ބޮނީ ކަޕޫރު މިގޮތަށް ބުނެފައި ވަނީ، ދިލްޖީތު "ނޯ އެންޓްރީ 2"އިން ވަކިވީ "ސަރުދާރު ޖީ 3"އާ ގުޅިގެން ދިލްޖީތަށް ދިމާވި ގޮންޖެހުންތަކާ ގުޅިގެން ކަމަށް މީޑިއާތަކުން ބުނެފައިވަނިކޮށެވެ. އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ބޮނީ ވަނީ ދިލްޖީތު "ނޯ އެންޓްރީ 2"އިން ވަކިވިކަން ކަށަވަރުކޮށްދީފައެވެ. ދިލްޖީތު "ނޯ އެންޓްރީ 2"އިން ވަކިވިޔަސް ބޮނީ އަދި ފިލްމުގެ ޕްރޮޑަކްޝަން ޓީމާ އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނެތް ކަމަށް ބޮނީ ވަނީ ބުނެފައެވެ. ފިލްމު "ނޯ އެންޓްރީ"ގެ ކާސްޓުން--ފޮޓޯ/ފިލްމުފެއަ ދިލްޖީތާ އެކު "ނޯ އެންޓްރީ 2"ގައި މަސައްކަތް ނުކުރެވުނު ނަމަވެސް ވަރަށް އަވަހަށް ޕަންޖާބު ފިލްމެއްގައި އެކީގައި މަސައްކަތް ކުރުމަށް ރާވަމުން އަންނަ ކަމަށް ބޮނީ ވަނީ ބުނެފައެވެ. ފިލްމު "ނޯ އެންޓްރީ 2" އަކީ ބޮނީ ކަޕޫރު ޕްރޮޑިއުސްކޮށް އަނީސް ބަޒްމީ ލިޔެ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި މިހާރު ކަށަވަރުވެފައިވާ އެކްޓަރުންގެތެރޭ ވަރުން ދަވަން އަދި އަރުޖުން ކަޕޫރު ހިމެނެއެވެ. "ނޯ އެންޓްރީ 2" އަކީ އަނީސް 2005 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ނޯ އެންޓްރީ" ގެ ސީކްއެލްއެވެ. އޭގެ ކާސްޓުންނަކީ ސަލްމާން ޚާން، އަނިލް ކަޕޫރް، ފަރުދީން ޚާން، ލާރާ ދައްތާ، އީޝާ ޑިއޯލް، ސެލީނާ ޖެއިޓްލީ އަދި ބިޕާޝާ ބާސޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ