20 ރުފިޔާގެ ރީލޯޑަކުން އައިފޯން 17 ޕްރޯއެއް ހޯދުމުގެ ފުރުސަތު
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 20 ރުފިޔާއިން މަތިން ރީލޯޑް ކޮށްގެން އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ. ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން 20 ރުފިޔާގެ ރީލޯޑްކޮށްގެން ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން ލިބޭނެ ހާއްސަ އިނާމުތަކަކީ: ކޮންމެ ދުވަހަކު 100ޖީބީ ޑޭޓާ އައިފޯން 17 ޕްރޯ ރޭބަން މެޓަ ސްމާޓް ގްލާސެސް ޕީއެސް-5 ޕްރޯ ސީޑީ ވާޝަން ނިންޓެންޑޯ ސްވިޗު ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 11ގެ ނިޔަލަށް ދިރާގުން ހުޅުވާލާފައިވެއެވެ. ދިރާގު އެޕް، ދިރާގު ޕޭ، މައިއެކައުންޓް، އަދި ދިރާގު ޕާޓްނަޝޮޕްތައް މެދުވެރިކޮށް 20 ރުފިޔާ ނުވަތަ 20 ރުފިޔާއިން މަތިން ރީލޯޑްކޮށްގެން ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށް ވެސް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކަމަށް ދިރާގުން ބުނެފައިވެއެވެ. ދިރާގުން ޕްރިޕެއިޑް ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ޕްރިޕެއިޑް ޕްލޭންތައް ލިބެން ހުންނަ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ދިރާގުން ދަނީ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ އަގުހުރި އޮފާތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ