ހުޅުމާލެ ފޭސް 2 ގައި މިރޭ ބާއްވާ "ރައިޒްއަޕް" ހަރަކާތުގައި ޔާމީން ބައިވެރިވޭ ހުޅުމާލެ ފޭސް 2 ގައި މިރޭ ބާއްވާ "ރައިޒްއަޕް" ހަރަކާތުގައި ޔާމީން ބައިވެރިވޭ

ހުޅުމާލެ ފޭސް 2 ގައި މިރޭ ބާއްވާ "ރައިޒްއަޕް" ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވަނެކަން އިއުލާންކޮށްފި އެވެ.
"ރައިޒްއަޕް" ނަމުގައި ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓްގެ 12 ވަނަ ޓަވަރު ކުރިމަތީގައި ބާއްވާ އެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 ގަ އެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި ހަރަކާތުގެ ބައިވެރިންނާ މުހާތަބުކޮށް ޔާމީން ވާހަކަ ދައްކަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބޮޑުބެރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކުގަ އެވެ. އޭގެއިތުރުން ބާބަކިއު ވެސް އެ ހަރަކާތުގައި އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
ހުޅުމާލެ ފޭސް 2 ގައި މީގެކުރިން ބޭއްވި ބާބެކިއު ހަރަކާތެއްގައި ވެސް ޔާމީން ބައިވެރިވެވަޑައިގެންފައިވެ އެވެ. އެ ހަރަކާތުގައި ގިނަ އަދަދެއްގެ މީހުން ބައިވެެރިވި އެވެ.
ޔާމީން ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވަފަ އެވެ. ނިމިދިޔަ 2023 ވަނަ އަހަރުގެ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވުނީ ހުކުމް ތަންފީޒުކުރަމުން ދިޔުމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ޔާމީން މިނިވަންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ