ކަރަންޓް ބިލްތަކާއި ގުޅިގެން މިހާތަނަށް 6000 އަށްވުރެ ގިނަ ޝަކުވާ ހުށައަޅާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނިން ބުނެފައިވަނީ މިހާތަނަށް 659 ފޯނުކޯލަކަށް ޖަވާބުދެއްވާފައިވާ ކަމަށާއި އަދި ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް ޖުމްލަ 6،135 ފަރާތްތަކުން އެ ކުންފުންޏަށް ޝަކުވާގޮތުގައި ލިބިފައިވާ ކަމަށެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ހުރިހާ ޝަކުވާއަކަށްވެސް 24 ގަޑި އިރުތެރޭ އެޓެންޑްވުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.
މިދިޔަ މަހުގެ ފަހުކޮޅާއި އަދި މި މަސް ފެށުމާއެކުގައި އެންމެ އަޑުގަދަކޮށް ދައްކަމުން އަންނަނީ މެއި މަހުގެ ކަރަންޓު ބިލް ބޮޑު ވާހަކަކަމުގެ ޝަކުވާކަމަށް ވުމާއެކު ސްޓެލްކޯއިން އިއްޔެ ވަނީ ޝަކުވާހުށައެޅުމަށް ޙާއްސަ ނަންބަރ އެއް “ އެކްސް“ ގައި ހިއްސާކޮށްފައެވެ. ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓް ބިލްތަކާއި ގުޅިގެން ކަސްޓަމަރުން ހުށައަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމަރ ސާރވީސް ނަންބަރ 7788438 އަށް ގުޅުއްވުމަށް ނޫނީ ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް މައްސަލަ ކުށައެޅުމަށް ވަނީ އެދިފައެވެ.
ސްޓެލްކޯއިން ރޯދަމަހުގެ ތެރޭގައި ކަރަންޓް ބިލުން ޑިސްކައުންޓް ދެއްވާފައިވާއިރު ޖުމްލަ 20 މިލިއަން ރުފިޔާ އަރައިފައިވާކަމަށް އެ ކުންފުނީގެ އެމްޑީ ހުސައިން ފަހުމީވެސް ވަނީ ވިދާޅުވެފައެވެ.
ކަރަންޓު ބިލުގެ މައްސަލައިގައި ސްޓެލްކޯއަށް މިހާތަނަށް ހުށަހަޅާފައި ވަނީ 6،000 މައްސަލަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ