އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޅި ބައިނަލްއަގްވާމީ މުޖުތަމައު އާއި މުޅި އުއްމަތް މަސައްކަތްކުރަންޖެހޭކަމަށް އީރާނާއެކު އެއްބަސްވެފައިވާކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ، މިއަދު އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއަންއާ ވާހަކަ ދެކެވުނުކަމަށެވެ.
މިގޮތުން އިސްރާއީލުން އީރާނަށް އަނިޔާވެރި ގޮތުގައި ދިން ހަމަލާއާ ދެކޮޅަށް އީރާނުގެ އަޚުންނާއި އުޚުތުންނާއެކު ޕާކިސްތާނުން ދެމިތިބި ކަމަށާއި، އެއްބައިވަންތަކަން ފާޅުކުރެއްވިކަމަށް ޝެހެބާޒް ވިދާޅުވިއެވެ.
ޝެހެބާޒް ވިދާޅުވިގޮތުގައި އިސްރާއީލުގެ މި ޢަމަލަކީ އީރާނުގެ މިނިވަންކަމާއި ސަރަޙައްދީ ސަލާމަތަށް ނުރައްކަލެއްކަމަށާއި، އަދި އެއީ ބައިނަލްއަޤްވާމީ ޤާނޫނާއި އ.ދ.ގެ ޗާޓަރާއި ވެސް ޚިލާފު ޢަމަލެއް ކަމަށެވެ.
އެހެންވެ އިސްރާއީލުގެ މި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވަައި، އ.ދ.ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން އަމިއްލަ ދިފާޢުގެ ކޮންމެ ޙައްޤެއް އީރާނަށް ލިބިގެންވާކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވެފަވެއެވެ.
‘’އީރާން، ފަލަސްޠީން އަދި ސަރަޙައްދުގެ އެހެން ޤައުމުތަކާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ފާޅުކަން ބޮޑު އަނިޔާވެރި ޢަމަލުތައް އ.ދ.ގެ ސަލާމަތީ މަޖިލީހުގައި ފާހަގަކޮށް، ޕާކިސްތާނުން ގެންގުޅޭ ދެމެހެއްޓެނިވި އަދި އުސޫލީ މައުޤަފަށް ރައީސް ޕެޒެޝްކިއަން ފާޅުކުރެއްވި ޝުޢޫރާއި އަގުވަޒަންކުރެއްވުމަށް ޝުކުރުވަން’’ ޝެހެބާޒް ވިދާޅުވެފަވެއެވެ.
‘’މި ނުރައްކާތެރި ޚިލާފުވުންތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު، ޚާއްޞަކޮށް އުއްމަތް އެކުގައި މަސައްކަތްކުރަންޖެހޭކަމަށް އަޅުގަނޑުމެން އެއްބަސްވެއްޖައިން’’ ޝަހުބާޒް ވިދާޅުވިއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޅި އުއްމަތް މަސައްކަތްކުރަންޖެހޭ: ޕާކިސްތާން-އީރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ