ބުރުނު ބޮމައިގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި

ވިޒިޓް މޯލްޑިވްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ ތިން ދުވަހުގެ ފޯރިގަދަ މަސް ރޭސް ބުރުނު ބޮމައިގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.އަންނަ މަހު 2 އިން 4އަށް ކްރޮސްރޯޑްސްގައި ބާއްވާ މި މަސް ރޭހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ ވަރުގަދަ އެންގްލަރުން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި، ރާއްޖޭގެ ގްލޯބަލް ސްޕޯޓް ފިޝިން އެމްބެސެޑަރު އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ މަސްވެރިކަމުގެ ތަޖުރިބާކާރެއް ކަމަށްވާ ފްލައި ނަވާރޯ ވެސް ބައިވާނެ އެވެ.މުނިފޫހިފިލުވުމުގެ ކުލަގަދަ ހަރަކާތްތަކާ އެކު ބާއްވާ މި މުބާރާތް ވެގެންދާނީ ރާއްޖޭގައި މި ފެންވަރުގައި ބާއްވާ ތަފާތު ހަރަކާތަކަށެވެ. މިއީ ކުޅިވަރުގެ މަސްވެރިކަމަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް އެހީތެރިވެގެންދާނެ ކަމެކެވެ.މިއީ ކުޅިވަރުގެ މަސްވެރިކަމަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ރާޢްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެހީތެރިވެގެންދާނެ ކަމެކެވެ.ވިޒިޓް މޯލްޑިވްސް ކްލަބަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ރަސްމީ ރިކްރިއޭޝަނަލް ކްލަބެވެ.މި ކްލަބުގެ މަގުސަދަކީ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަކުރުމެވެ. އެހެންކަމުން ބުރުނު ބޮމަ ވެގެންދާނީ ދެމެހެއްޓެނިވި މެރިން ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތަކަށް ލިބިގެންދާނެ ކުރިއެރުމެކެވެ.ދިރާގަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި ރާއްޖޭގެ ކަނޑުތައް ހިމާއަތްކޮށް ދެމެހެއްޓިނިވި ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގެ އެންމެ އިސް ސަފުގައި ބައިވެރިވެ، މިފަދަ ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ