އައްޑޫގެ ކަރަންޓް މައްސަލަ ހައްލުކުރަން އިތުރު ޖަނަރޭޓަރު ސެޓެއް ފޮނުވައިފިި!

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސެންޓްރަލް ޕަވަރސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓި އިތުރުކުރުމަށް އެއް މެގަވޮޓުގެ އައު ޖަނަރޭޓަރެއް އައްޑޫއަށް ފޮނުވުމަށް މާލެއިން ފުރުވާލާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އައްޑޫ ކަރަންޓް މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ އަދާހަމަ ދެމުން ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާގޮތުން އައްޑޫ ސެންޓްރަލް ޕަވަރސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓި އިތުރުކުރުމަށް ފޮނުވާ 1 މެގަވޮޓުގެ އައު ޖަނަރޭޓަރު އަންނަ ބުރާސްފަތި ދުވަހު އައްޑޫއަށް ފޯރާނެއެވެ.  
އަދި މިޖަނަރޭޓަރު ބަހައްޓާ ސެޓަޕް ހެދުމާއި، އެކަމަށް ބޭނުންވާ ޓެކްނިކަލް ތައްޔާރީތައް މިހާރު ވަމުންދާކަމަށް ފެނަކައިން ބުނެފައިވެއެވެ.
Advertisement
މީގެއިތުރުން އިންޑިއާއިން 1.8 މެގަވޮޓްގެ ޖަނަރޭޓަރެއްވެސް ރާއްޖެ ގެނައުމުގެ މަގުމަތީގައި ވާކަމަށް ފެނަކައިން ބުނެފައިވާއިރު، އެ ޖެނެރޭޓަރ ގެންނަ އުޅަނދު ޝެޑިއުލްއާ އެއްގޮތަށް ދަތުރުކުރަމުންދާ ކަމަށް ބުނެފައިވެއެވެ. 
ފެނަކައިން ބުނެފައިވާގޮތުން ބޭނުންކުރަމުންދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ އިންޖީނުތަކެއް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުން އެޖަނަރޭޓަރުތައް ހަލާކުވުމުންނެވެ.
އޭގެ ސަބަބުން ލޯޑު ބޮޑުވެ އައްޑޫ ސިޓީގައި މިހާރު ކަރަންޓު ދެނީ، އެކި ގަޑިތަކަށް އެކި ހިސާބުތަކުން ކަރަންޓު ކަނޑާ އުސޫލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ