މައުމޫން ފައުންޑޭޝަންގެ އިހްޔާ: ރައީސް މައޫމޫނާއި މިނިސްޓަރު ޝަހީމް ތަގުރީރު ކުރައްވާނެ

މައުމޫން ފައުންޑޭޝަނުން މިރޭ ބާއްވާ އިހްޔާ ފޯރަމް ގައި އެ ފައުންޑޭޝަންގެ ޗެއާމަން ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ތަގުރީރު ކުރައްވާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ.
މައުމޫން ފައުންޑޭޝަންގެ އިހްޔާ ޕްރަގްރާމްތައް އޮންނަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުގެ ރެ އެވެ.
ފުރަތަމަ ޕްރަގްރާމް ވަނީ މިދިޔަ ހަފްތާގައި ބާއްވާފަ އެވެ. މައުމޫން ފައުންޑޭޝަނުން ބުނީ މިރޭ އޮންނަ ފޯރަމް ގައި ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ތަގުރީރު ކުރައްވާނެ ކަމަށެވެ.
Advertisement
މިނިސްޓަރު ޝަހީމް ތަގުރީރު ކުރައްވާނީ "އިޖްތިމާއީ އަދާލަތު ގާއިމު ކުރުމުގައި ޒަކާތުގެ ދައުރު" މި މައުލޫއަށެވެ.
މިރޭގެ ޖަލްސާ އޮންނާނީ 9:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ