މި ރޯދަ މަހު ދިރާގުއެޕް މެދުވެރިކޮށް ފައިސާ ހަދިޔާކުރެވޭނެ ގޮތް ހަދައި ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފައިސާ ހަދިޔާކުރެވޭނެ މަގު ދިރާގުން ތަނަވަސްކޮށްދީފި އެވެ.
ތަފްސީލް - ދިރާގުން ވެސް ވަނީ މި ކަމުގައި ބައިވެރިވެ، ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 150،000ރ. ހަދިޔާކުރަން ނިންމާފަ އެވެ.
ދިރާގުގެ ކަސްޓަމަރުންނަށް ވެސް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުއެޕް މެދުވެރިކޮށް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، ދިރާގުއެޕް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭނީ:
ފިޔަވަތި
އަމާން ވެށި އަދި އަމާން ހިޔާ
ދިރާގުއެޕް މެދުވެރިކޮށް ފައިސާ ހަދިޔާކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެޕްގައިވާ ޕްރީސެޓް އަދަދުތަކުން (10ރ.، 50ރ.، 100ރ. އަދި 500ރ.) އަދަދެއް ހިޔާރުކޮށް، ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު ހަދިޔާ ކުރެވޭނެ އެވެ. ޕްރީޕެއިޑް ކަސްޓަމަރުންނަށް ބާކީ ހުރި ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ހަދިޔާ ކުރެވޭނެ އެވެ.
ދިރާގުއެޕް މެދުވެރިކޮށް ލިބޭ އެހީގައި، ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުތަކުން ކުދިންނަށް ކޮށްދޭން ކަނޑައަޅާފައިވާ ކަންކަމަކީ:
ކުދިންގެ ކިޔަވާ ކޮޓަރިތައް އިތުރަށް ފުރިހަމަކޮށް، ޑިޖިޓަލް އަދި ކިޔެވުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ހޯދައިދިނުން
ކުދިން ކުޅޭ ސަރަހައްދުތަކުގައި ޓާފް އަޅައިދީ، އެ ސަރަހައްދުތަކަށް އިތުރު ތަނަވަސްކަން ގެނެސްދިނުން
ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ހިންގައި ކުދިންގެ އަމިއްލަ އަދި ޕްރޮފެޝަނަލް ކުރިއެރުމަށް ފުރުސަތުތައް ހޯދައިދިނުން
ޒުވާނުންނަށް (16 އަހަރުން މަތީގެ ކުދިންނަށް) ވަޒީފާއަށް ތައްޔާރުވުމުގެ ޕްރޮގްރާމްތައް ހިންގުން
އެނގުން މުހިންމު - ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓާސް (އެފްސީއެސްސީ) މެދުވެރިކޮށް ދައުލަތުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތަކެވެ. އެގޮތުން:
ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްފައިވާ ހިޔާ
އަމާން ވެށި އަދި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ރަށްރަށުގެ ކުދިން
ދިރާގު އެޕުން ކުޑަކުދިންގެ ހިޔާތަކަށް ފައިސާ ހަދިޔާކުރެވޭނެ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ