ތުރީ އޮން ތުރީ ޗެމްޕިއަންކަން ދަ ގްރާންޑޭ އާއި ކުއީންސަށް ތުރީ އޮން ތުރީ ޗެމްޕިއަންކަން ދަ ގްރާންޑޭ އާއި ކުއީންސަށް

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ކުރިއަށްގެންދިޔަ މައިލޯ ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖުގެ ސީނިއާ ބައިގެ ޗެމްޕިއަންކަން، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކުއީންސް ބާސްކެޓްބޯލް ކްލަބުން ހޯދައިފި އެވެ.
ސީނިއާ ކެޓަގަރީގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން، ދަ ގްރާންޑޭ އިން ހޯދީ ފައިނަލުގައި މާންސް އަތުން 12-21 އިން މޮޅުވެގެންނެވެ. އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސް އިން ހޯދީ ފައިނަލުގައި އެމްޕްރެސް އަތުން 10-08 އިން މޮޅުވެގެންނެވެ.
ޒުވާނުންގެ މަރުކަޒު ބޭރުގައި ގާއިމްކުރި ވަގުތީ ތުރީ އޮން ތުރީ ކޯޓެއްގައި ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ ފަސް އުމުރުފުރާއެއްގައި ޓީމުތަކުން ވާދަކުރި އެވެ.
އެ ގޮތުން، މި މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ބަގްސް ބަނީ އާއި ވޯރިއާސް އެވެ. ސާދަ އަހަރުން ދަށުގެ ޗެމްޕިއަންކަން، ބްލޫމް ސްކޮޑާއި ވެނޮމް ހޯދިއިރު، 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ، ޓޮރޮންޓޯ އާއި އާޖީލަކަށް ޓީމުންނެވެ. އަދި، 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އާޖީލަކަށާއި ރަމަޟާން ކަރީމް ޓީމުންނެވެ.
މިއަހަރުގެ ތްރީ އޮން ތްރީ ކުރިއަށްދިޔައީ ފަސް އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށާއި ސީނިއާ ކެޓަގަރީއެވެ.
މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ކުޅުންތެރިންނަށް މެޑަލް ހަވާލުކޮށްދެއްވީ، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އެވެ. އަރިހުގައި ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް، އަހުމަދު އާދަމް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ