ހައްޖުވެރިންނަށް ބަސް ރޫޓުތަކެއް ކަނޑައަޅައި، 15 މިނެޓު ކުރިން ބަސް ހުއްޓިއަށް ދާން އެދިއްޖެ

މާދަމާ ހައްޖަށް ފުރުމަށް ހަމަޖެހިފައިވާ ދިވެހި ހައްޖާޖީންގެ ބަސް ދަތުރުތައް ކަނޑައަޅައި، ދަތުރު ފެށުމުގެ 15 މިނެޓު ކުރިން ބަސް ހުއްޓިތަކުގައި ތިބުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ. ހައްޖުވެރިން މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އަންނަ ހުކުރުގެ ނިޔަލަށެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖުވެރިން މާލެއިން ފުރުމަށް ހަމަޖެހިފައިވާ ބަސް ރޫޓު ހާމަކޮށްފައެވެ. އަމީނީ މަގު ރޫޓު - ބަސް މަޑުކުރާ ތަން 10:30 - ނޫސަންދަ ބަސް ހުއްޓި 10:35 - މީރާ ބަސް ހުއްޓި 10:40 - ސްޓެލްކޯ ބަސް ހުއްޓި އިސްލާމިކް މިނިސްޓްރީން އެދިފައިވަނީ ހުރިހާ ހައްޖާޖީން ވެސް 15 މިނެޓު ކުރިން ބަސް ހުއްޓިތަކުގައި ތިބުމަށެވެ. ފުލުހުން ވެސް ވަނީ މާދަމާ ހެނދުނު 10:30އިން ފެށިގެން ހައްޖުވެރިންގެ ބަސް ދަތުރުތައް ކުރާނެ މަގުތައް ފާހަގަކޮށް، އެ ގަޑިތަކުގައި ޓްރެފިކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. https://x.com/PoliceMv/status/1926513402127503748 މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ހައްޖުވެރިން ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާއިރު، އެ ދުވަސްތަކުގައި އެއާޕޯޓުގެ ޓްރެފިކް ތޮއްޖެހިދާނެތީ ސަމާލުވާން ފުލުހުން ވަނީ އެދިފައެވެ. އަދި ހައްޖުވެރިންނާއެކު އެއާޕޯޓަށް ދާ ގާތްތިމާގެ މީހުންނާއި، އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ވެސް ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް އެދިފައިވެއެވެ. https://sun.mv/206421 މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހު ހަ ވަަނަ ދުވަހެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފައެވެ. ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ހައްޖުވެރިންނަށް މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ހަމަޖައްސައިދީފައެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގައި، މި އަހަރު ރާއްޖެ ހިމަނަން ސައުދީ ސަރުކާރުން ނިންމާފައިވުމާއެކު ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިންނަށް މަޑުކުރަން ނުޖެހި ހޮޓަލަށް ދެވޭނެއެވެ. އޭރުން ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވާނެއެވެ. މީގެ އިތުރުން، ދިވެހި ހައްޖުވެރިންނަށް ފަރުވާ ދިނުމަށްޓަކައި މިފަހަރު ސައުދީ އަރަބިއާގައި ވަނީ ކްލިނިކެއް ގާއިމުކޮށްފައެވެ. މިއީ ސައުދީގައި ދިވެހި ހައްޖުވެރިންނަށް ޚާއްސަ ކްލިނިކެއް ހުޅުވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ