ކުޑަހުވަދޫ ފަޅުތެރެއަށް ޕިކަޕެއް ވެއްޓިއްޖެ

ފަހަތަށް ޖެއްސި ވަގުތު ބުރެކި މައްސަލަ ޖެހި، ދ. ކުޑަހުވަދޫ ފަޅުތެރެއަށް މިއަދު ޕިކަޕެއް ވެއްޓިއްޖެއެވެ. މި ހާދިސާ ހިނގީ މިއަދު މެންދުރެވެ. އެ ރަށު ކައުންސިލްގެ ރައީސް ޖާދުﷲ ހަމީދު ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ ޕިކަޕަށް ތަށިމުށި ބަރުކުރުމަށް ފަހު ފަހަތަށް ޖެއްސި ވަގުތު ބުރެކި މައްސަލަ ޖެހި، ޕިކަޕު ކޮންޓްރޯލްނުވެގެން ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ރަށު ފަޅުތެރެއަށް ވެއްޓުނު ޕިކަޕު މިހާރު ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ