އިންޑިއާގެ 2 ރައްޔިތުން ކައިވެންޏަށް ފަހު ދިޔަ ހަނީމޫން ދަތުރުގައި ރާވައިގެން ފިރިމީހާ މަރާލައިފިއެވެ.
ސޯނަމް ނަމަކަށް ކިޔާ އުމުރުން 24 އަހަރުގެ އަންހެނަކު އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށް ވާ ރާޖާ ރަގުވާންޝީ އާ ކައިވެނި ކުރެއެވެ.
އިންޑިއާގައި އެރޭންޖް މެރިޖަކީ އާންމު ކަމަކަށް ވާއިރު މި ހާދިސާގައި ކަން ހިނގާފައި ވާ ގޮތަށް ބަލާއިރު ސޯނަމް ކައިވެނި ކުރި މީހާ އަކީ އޭނާގެ ލޯބިވެރިޔާއެއް ނޫނެވެ.
ކައިވެނި ކުރި އިރުވެސް އަދި އޭގެ ފަހުންވެސް، ސޯނަމް ގެންދިޔައީ އޭނާގެ ބައްޕަގެ ވިޔަފާރިއެއްގައި މުވައްޒަފެއްގެ ގޮތަށް އުޅެމުން ދިޔަ އުމުރުން 21 އަހަރުގެ ރާޖް ކުޝްވަހާ އަށް ސޯނަމްމެ ދެމަފިރިންގެ ހަރަކާތްތަކުގެ މައުލޫމާތު ދެމުންނެވެ.
ހަނީމޫނަށް ދިޔަ އިރު ލޮކޭޝަން ހިއްސާ ކުރަމުން ގެންދިޔައީ ފިރިމީހާ އަށް ހިލަމެއް ނުވެއެވެ.
އިންޑިއާގެ އުތުރުބިތުގެ މެގަލާޔާ އަށް ހަނީމޫން ގޮސް އައްސާމްގައި ހުންނަ ފައްޅިއަކަށް ޒިޔާރަތް ކުރަން ސޯނަމް، ރާޖާގެ ކިބައިން އެދެއެވެ. އެއީ ހަނީމޫންގެ ދަތުރުގައި ކުރިން ހިމެނިފައި ނެތް ކަމެކެވެ. ނަމަވެސް ސޯނަމް އެކަމަށް އެދޭ ވަރުން ރާޖާ އޭނާ ގޮވައިގެން ފައްޅިއަށް ދެއެވެ.
އެއީ ރާޖާގެ މަރު އެތިފަހަރުކަން ކުޑަކޮށްވެސް އޭނާ އަކަށް ރެއަކާ ނުލައެވެ.
ސޯނަމް، ރާޖާ އެތަނަށް ގެންދާއިރު، ލޯބިވެރިޔާގެ އެހީގައި އިތުރު 3 މީހަކަށް ފައިސާ ދީގެން ފިރިމީހާ މަރާލުމުގެ ޕްލޭން އޮންނާނީ ކޮށް ނިންމާފައެވެ.
އެ ދެމަފިރިން ގެއްލިގެން އާއިލާއިން ހޯދަމުން ދަނިކޮށް ސޯނަމް ފެންނަނީ ހާދިސާ ހިނގި ސަރަހައްދާ 1200 ކިލޯމީޓަރު ދުރުން އުއްތަރް ޕްރަދޭޝް އިންނެވެ. ރާޖާގެ ހަށިގަނޑު ފުލުހުން ހޯދާ ހާދިސާ ތަހުގީގު ކޮށްފައި ވާ އިރު ފުލުހުން ބުނީ، އެ ނުބައި ޖަރީމާ ހިންގުމުގައި އުޅުނު އެންމެން ހައްޔަރު ކޮށްފައި ވާ ކަމަށެވެ.
ރާޖާގެ މަންމައާ ހަވާލާދީ ފުލުހުން ބުނީ، ކައިވެނި ކުރި އިރުވެސް އަދި އޭގެ ފަހުން ވެސް ސޯނަމް ރާޖާ އާ ވާހަކަ ނުދައްކާ ކަމަށް ބުނެފައި ވާ ކަމަށާއި އަދި ސޯނަމް ރާޖާ އާ ގަޔާނުވާކަމަށް ގަބޫލު ކުރެވޭ ކަމަށް ރާޖާ ބުނާ ކަމަށެވެ. އަދި އެކަމާ އޭނާ ސޯނަމް އާ ވާހަކަ ދެއްކި ކަމަށާއި ރާޖާ އާ އަޅާ ނުލާނަމަ އޭނާ ލަދުގަންނާނެ ކަމަށް ބުނި ކަމަށެވެ. އަދި ތަންކޮޅެއް ގިނައިން ރާޖާ އާ ވާހަކަ ދައްކާ ހެދުމަށް ނަސޭހަތްތެރިވެފައި ވާނެ ކަމަށް ވެސް ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ، ސޯނަމް އޭނާގެ މައިދަތައާ ވާހަކަ ދައްކަނީ ވަރަށް މަޑުމޮޅިކޮށް ރީތި ކޮށް ކަމަށް ރާޖާގެ މަންމަ ބުނެފައި ވާ ކަމަށެވެ.
މި މަރު ހިނގާފައި މިވަނީ ކައިވެންޏަށް 11 ދުވަސް ވީތަނާއެވެ.
އިނދެގެން ހަނީމޫނަށް ގޮސް ފިރިމީހާ މަރާލައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ