ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރު ކަމުން ޝާފިއު އިސްތިއުފާ ދެއްވައިފި

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން އަހުމަދު ޝާފިއު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ޝާފިއު މަގާމުން އިސްތިއުފާ ދެއްވި ކަން ހާމަކުރައްވައި ފޭސްބުކްގައި ޕޯސްޓެއް ކުރެއްވި އެވެ.
ބުނީ ކީކޭ؟ - "މަސްވެރި ސިނާއަތުގެ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުއްމީދުގައި މިއަދުން ފެށިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން،" ޝާފިއު ފޭސްބުކްގައި ލިޔުއްވި އެވެ.
ތަފްސީލް - ޝާފިއު އަކީ ވިޔަފާރީގެ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ގެމަނަފުއްޓަށް އުފަން ޝާފިއު އެ ރަށު ސްކޫލްގެ ލީޑިން ޓީޗަރެއްގެ ގޮތުގައި ހިދުމަތް ކުރެއްވުމަށް ފަހު ދެން އުޅުނީ މަސްވެރި ކަމުގަ އެވެ.
މަސްވެރިންގެ ހައްގުތަކުގައި މަސައްކަތް ކުރުމަށް މަސްވެރިންގެ ޖަމިއްޔާ އުފައްދައި، ޖަމިއްޔާގެ ރައީސްކަން ވެސް ޝާފިއު ފުރުއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ