ޒުވާނުން ދުނިޔެއަށް ބޮޑު ބަދަލެއް ގެނުވާނެ: މައުމޫން

ޒުވާނުންނަކީ ދުނިޔެއަށް ބޮޑު ބަދަލެއް ގެނުވާނެ ބައެއް ކަމަށާއި ޒުވާނުންގެ ސަބަބުން މުސްތަގުބަލާމެދު ކުރެވެނީ ވަރަށް ފޮނި އުންމީދެއް ކަމަށް ކުރީގެ ރައީސުލް ޖުމްހުރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމަށް އަންނަ ބަަދަލުތަކާބެހޭގޮތުން އިންޑޮނޭޝިޔާގެ ބާލީގައި ފެށި އިންޓަނޭޝަނަލް ސުޓޫޑެންޓް އެނާޖީ ސަމިޓްގައި ތަގުރީރު ކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ މޫސުމަށް އަންނަ ބަަލުތައް މެދުވެރިވާ މައިގަނޑު ސަބަބަކީ  ދެމެހެއްޓެނިވި ގޮތުގައި ހަކަތަ އުފެއްދުމާއި ބޭނުން ކުރުމުގައި އަމަލު ކުރެވޭ ގޮތުން ކަމަށާއި ހަކަތަ އާއި މޫސުމަށް އަންނަ ބަދަލުތަކަކީ ވަރަށް ގުޅުން ބޮޑު ދެކަމެއް ކަމަށެވެ.
"އެއީ އެއް ފައިސާ ފޮއްޗެއް ދެފުށް. ހަކަތަ ބޭނުން ކުރުމުގައި މިހާރަށްވުރެ ބޮޑަށް ވިސްނުންތެރި ކަމާއެކު ފައިދާ ކުރަނިވި ގޮތެއްގައި ބޭނުން ކުރުމަށް އަޅުގަނޑު ގޮވާލަން؛" ރައީސް މައުމޫން ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތައް ކަށް އިޝާރާތް ކުރައްވާ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާނުން ނުކުމެ އެކަމަށް މަސައްކަތްކުރުމަށް ވެސް ރައީސް މައުމޫން ގޮވާލެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންޓަނޭޝަނަލް އެނާޖީ ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތައް ޒުވާނުންގެ ސަމާލު ކަމަށް ގެނައުމަށް ވަރަށް މުހިންމު ސަމިޓެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން އިގްތިސޯދީ ގޮތުންނާއި އިޖުތިމާއި އަދި ސިޔާސީ ގޮތުން ގައުމުތަކަް ގޮންޖެހުމާ ކުރިމަތިވާ ކަމަށެވެ. އަދި ވިދާޅުވީ މި އަސަރު އެންމެ ބޮޑަށް ކުރާނީ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށާއި ކުދި ޖަޒީރާ ގައުމުތަކަށް ކަމަށެވެ.
މި އަހަރަކީ މުހިންމު އަހަރެއްކަން ފާހަގަ ކުރައްވާ މައުމޫން ވިދާޅުވީ މި އަހަރު ޕެރިހުގައި ބާއްވާ އދ. ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި މޫސުމަށް ކުރާ އަސަރުތައް ކުޑަ ކުރެވޭނެ ގޮތްތަކަކަށް ގައުމުތަކުން އެއްބަސްވާނެ ކަމަށެވެ. އެ ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރުމަށް ގައުމުތައް ގުޅިގެން ހަަމަ ހަމަ މަސައްކަތްތަކެއް ކުރަން ހުޅުވޭ ފުރުސަތެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ