ޗައިނާ ޓޫރިސްޓު ނަމްބަރު 2017 އަށްވުރެ ރެކޯޑް އިތުރުވުމެއް

ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެ އަށް ޗައިނާ އިން 261,626 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ ދެ އަހަރު ދުވަހަށް ބަލާއިރު ވެސް ބޮޑުތަން އިތުރުވުމެކެވެ. އަދި މިއީ 2017 ވަނަ އަހަރަށްފަހު އެންމެ ގިނައިން ޗައިނާ ޓޫރިސްޓުނ
ޗައިނާ އިން ރާއްޖެ އަށް މި އަހަރު އައި ޓޫރިސްޓުންގެ އަދަދު 260،000 އަށްވުރެ މައްޗަށް އުފުލިއްޖެ އެވެ. 
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެ އަށް ޗައިނާ އިން 261,626 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ ދެ އަހަރު ދުވަހަށް ބަލާއިރު ވެސް ބޮޑުތަން އިތުރުވުމެކެވެ. އަދި މިއީ 2017 ވަނަ އަހަރަށްފަހު އެންމެ ގިނައިން ޗައިނާ ޓޫރިސްޓުން އައި އަހަރެވެ. 
ކޮވިޑް-19 އަށް ބަންދު ކުރުމަށްފަހު ޗައިނާ މާކެޓުން ޓޫރިސްޓުން އަންނަން ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ ގައުމުން ޓޫރިސްޓުން އިތުރުވެފައިވަނީ ޗައިނާ އާއި ރާއްޖޭގެ ގުޅުން ރަނގަޅުވެ އެ ގައުމުން ރާއްޖެއަށް ސީދާ ގިނަ ދަތުރުތަކެއް ފެށުމާއެކުގަ އެވެ. މި ވަގުތު ވެސް ތިން އެއާލައިންއަކުން ޗައިނާ އިން ރާއްޖެއަށް ދަތުރު ކުރެ އެވެ، 
އަންނަ މަހު ރާއްޖޭގެ ގައުމީ އެއާލައިން ޗައިނާއަށް ދަތުރު ފަށާނެ ކަމަށް ބެލެވިފައިވާތީ އަންނަ މަހުން ފެށިގެން ޗައިނާ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. 
ޗައިނާ ނަގާފައި މިހާރު ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ ރަޝިއާއެެވެ. އެ ގައުމުން މިހާތަނަށް 217,197 ޓޫރިސްޓުން އައިސްފައިވެ އެވެ. 
ރާއްޖެއިން ވަނީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމުގެ ޓާގެޓެއް ކަނޑައަޅާފަ އެވެ. މިހާތަނަށް ރާއްޖެއަށް 1.9 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އައިސްފަ އެވެ. އަދި ޓޫރިޒަމްގެ ޓާގެޓު މާދަމާ ހަމަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ