ވަތަނީ ހިދުމަތް ނިންމި 137 ދަރިވަރަކު ސިފައިންގެއަށް
ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗުގެ 137 ދަރިވަރަކު ސިފައިންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށްފި އެވެ.ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނުގެ އެންމެ ފުރަތަމަ ބެޗު ނިންމައި، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުސަތުގައި ސިފައިންގެ ހިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގި 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން 137 ދަރިވަރަކު ދަސްވެނިވެފައިވާ ކަމަށެވެ. އެއީ ރާއްޖޭ 20 އަތޮޅެއްގެ 70 ރަށެއްގެ 137 ދަރިވަރުން ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ދިވެހި ވަތަނީ ހިދުމަތް އިފްތިތާހު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު އެވެ. މި ސަރުކާރުގެ އަމާޒަކީ މި އަހަރު ތެރޭގައި އިތުރު 1،000 ޒުވާނުން އެ ތަމްރީންތައް ފުރިހަމަ ކުރުވުމެވެ. އެއީ މުޖުތަމައަށް ފައިދާހުރި ޒުވާނުން ނެރުމަށް ރައީސް މުއިއްޒު މިހާރު އެންމެ އިސްކަން ދެއްވާ ޕްރޮގްރާމް ވެސް މެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ