އެޗްޑީސީގެ ޑިރެކްޓަރެއްގެ ވަޒީފާގައި ހުރި އިސްމާއީލް އަބްދުއްރަހީމް (އިސޫ)އަށް ތޫނު އެއްޗަކުން ރޭ ހަމަލާދިން މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.
ވީ ކިހިނެއް؟ - މި މާރާމާރީ ހިނގީ ހުޅުމާލެ ފޭސް 2ގެ ހިއްކި ބިމުގެ ސަރަހައްދުގަ އެވެ. މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ސާފެއްނުވެ އެވެ. އެ މާރާމާރީއާ ގުޅިގެން ރޭ 21 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި އެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ފުލުހުން އިއްޔެ ބުނި ގޮތުގައި:
21 އަހަރުގެ ފިރިހެން މީހާ ރޭ ހައްޔަރުކުރީ ޒަހަމުތަކަށް ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން
އެ މާރާމާރީގައި އިސްމާއިލަށް ވެސް އަނިޔާވެގެން ފަރުވާދީފައިވޭ؛ އެކަމަކު ހާލު ސީރިއަސްެްއެއްނޫން އަދި ފަހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި
ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދޭ
ފާހަގަކޮށްލެވޭ ކަމެއް - އިސްމާއިލަކީ، ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި 2022ގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާގެ މައްޗަށް އެ މައްސަލާގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާއެއް އޭރު އުފުލި އެވެ.
ނަމަވެސް، ހެކި ނެތިގެން ނޮވެމްބަރު 2023ގައި ކޯޓުން ވަނީ ދައުވާތައް ބޭރުކޮށްލާފަ އެވެ. އޭރު އިސްމާއިލް ހުރީ ފައިގައި ޓެގް އެޅުވުމަށް ފަހު ގެއަށް ދޫކޮށްލާފަ އެވެ.
އެޗްޑީސީގެ ވަޒީފާއަށް އޭނާ އައްޔަންކުރީ ޖެނުއަރީ 2024ގަ އެވެ.
އެޗްޑީސީގެ ޑިރެކްޓަރު އިސްމާއީލަށް ހަމަލާދިން މީހާގެ ބަންދަށް 5 ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ