ލޭގެ ބަލިތަކަށް ހާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރަކަށް ޒީނާ

ހެމަޓޮލޮޖީ ނުވަތަ ލޭގެ ބަލިތަކަށް ހާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރު ޒީނާ މުހައްމަދު ފުއާދު ހިދުމަތާ ގުޅިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ. 
ޒީނާއަށް މަރުހަބާ ދަންނަވައި އައިޖީއެމްއެޗުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޒީނާގެ ތަޖުރިބާގެ ސަބަބުން ބަލި މީހުންނާއި މުޖުތަމައަށް ވަރަށް ބޮޑަށް ފައިދާވާނެ ކަމަށެވެ. 
ހެމަޓޮލޮޖީއަކީ ލޭ އުފައްދާ ގުނަވަންތަކާއި ލެއާ ގުޅިފައިވާ ކަންކަން ދިރާސާކުރުމާ ގުޅޭ ހާއްސަ ދާއިރާއެކެވެ. އޭގެ ތެރޭގައި ލޭގައި ދަގަނޑުގެ ބައި މަދުވުމާއި ލޭގެ ކެންސަރު ފަދަ ކަންކަން ދެނެގަތުން ހިމެނެ އެވެ. 
ލެއާ ގުޅޭ ބަލިތަކުން ފުރަތަމަ ފަހަރަށް ދިވެހި ޑޮކްޓަރަކު ތަމްރީނުވެ ހިދުމަތަށް ގުޅުނުއިރު މިފަހުން ވަނީ އުރަމަތީ ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރަކަށް، ޑރ. އަލްތާފް އަދްނާން އިސްމާއިލް ވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ބަލި މީހުން ބަލަން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ