ބޮޑު ޢީދު ބަންދުގައި އެމްއައިބީގެ ޚިދުމަތް ލިބޭނީ މި މަހު 28ގައި
މި އަހަރުގެ އަޟްޙާ ޢީދު ބަންދުގައި މަރުކަޒީ ބޭންކު، އެމްއެމްއޭއިން އިއުލާނުކުރި ގޮތަށް މި މަހުގެ 28 ވަނަ ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޚިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި މި ހިނގާ މެއި މަހުގެ 24 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ސަރުކާރު ބަންދުކޮށްފައެވެ. އެހެންކަމުން 28 ވަނަ ދުވަހު އެ ބޭންކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 13:30 އާ ހަމައަށް ކަމަށް އެމްއައިބީން ބުންޏެވެ. އަދި އެމްއައިބީގެ ބްރާންޗްތަކުން ޓެލެގްރަފިކް ޓްރާންސްފާ ނުވަތަ ޓީޓީ ކުރުމުގެ 'ކަޓްއޯފް ޓައިމަކީ' ނުވަތަ ވަގުތަކީ އެ ދުވަހުގެ މެންދުރު 13:00 އަށް ކަމަށް އެމްއައިބީން ބުންޏެވެ. އެމްއައިބީއަކީ އެ ބޭންކުގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދޭ ބޭންކެކެވެ. ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި، އިންޓަނެޓް ބޭންކިންއަށް އަމިއްލައަށް ރަޖިސްޓާ ކުރުމާއި، ފައިސާ މޮބައިލް އަދި ފައިސާ ނެޓް މެދުވެރިކޮށް ޓީޓީގެ ޚިދުމަތަށް އެދުމުގެ އިތުރުން ވެސް އެމްއައިބީގެ އެޕްލައި ނައު ޕޯޓަލް މެދުވެރިކޮށް އެ ބޭންކުން ދޭ ހުރިހާ ޚިދުމަތަކަށް އެދެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ