ގަތަރާއި ސްޕެއިނާ ދެމެދު އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން 327 މިލިއަން ޑޮލަރުގެ ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ސްޕެއިންގެ އިގްތިސާދީ ދާއިރާތައް ޒަމާނީކޮށް، ކުރިއެރުވުމަށް އަމާޒުކޮށްގެން ވެވުނު މުހިންމު އިސްނެގުމެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ގަތަރުގެ ސޮވަރިން ވެލްތު ފަންޑު ކަމަށްވާ ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީ (ކިއުއައިއޭ) އާއި ސްޕެއިންގެ ދައުލަތުގެ މާލީ އިދާރާ، ކޮފިޑެސްއާ ދެމެދުގައެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ގްރީން ޓްރާންސިޝަން، ޑިޖިޓަލް ޓްރާންސްފޯމަޝަން އަދި ޓެކްނޮލޮޖީގެ އިނޮވޭޝަން ފަދަ ސްޓްރެޓެޖިކް ދާއިރާތަކަށް އެހީތެރި ގަތަރާއި ސްޕެއިނާ ދެމެދު އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން 327 މިލިއަން ޑޮލަރުގެ (ގާތްގަނޑަކަށް 5 ބިލިއަން ދިވެހި ރުފިޔާ) ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ސްޕެއިންގެ އިގްތިސާދީ ދާއިރާތައް ޒަމާނީކޮށް، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ބަދަލުކުރުމަށް އަމާޒުކޮށްގެން ވެވުނު މުހިންމު އިސްނެގުމެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ގަތަރުގެ ސޮވަރިން ވެލްތު ފަންޑު ކަމަށްވާ ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީ (ކިއުއައިއޭ) އާއި ސްޕެއިންގެ ދައުލަތުގެ މާލީ އިދާރާ، ކޮފިޑެސް (COFIDES) އާ ދެމެދުގައެވެ. މި އެއްބަސްވުމުގެ ދަށުން އުފައްދާ ފަންޑުގެ މައިގަނޑު މަގުސަދަކީ ގްރީން ޓްރާންސިޝަން، ޑިޖިޓަލް ޓްރާންސްފޯމަޝަން އަދި ޓެކްނޮލޮޖީގެ އިނޮވޭޝަނަށް އަލިއަޅުވާލައިގެން މުޅި ސްޕެއިންގައި ހިންގާ ސްޓްރެޓެޖިކް މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
”އިސްޕެނިއާ ގްރޯތް ފަންޑު“ ގެ ނަމުގައި އުފައްދާފައިވާ މި އާ ފަންޑާ ގުޅޭގޮތުން ގަތަރުގެ ނިއުސް އެޖެންސީ (ކިއުއެންއޭ) އިން ބުނީ، މި ފަންޑުގެ މައިގަނޑު އަމާޒަކީ ސްޕެއިންގެ ކުރިއަށް އޮތް އިގްތިސާދީ ތަރައްގީއާ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުން ކަމަށެވެ. މި ފަންޑު ހިންގުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ސްޕެއިންގެ ޕްރައިވެޓް އިކުއިޓީ ކުންފުންޏެއް ކަމަށްވާ ޕޯޓޯބެލޯ ކެޕިޓަލްއާއެވެ.
ކޮފިޑެސް އިން މި މަޝްރޫއުގައި ބައިވެރިވަނީ ސްޕެއިންގެ އިގްތިސާދީ މުސްތަގުބަލަށް މުހިންމު ދާއިރާތަކަށް ބައިނަލްއަގްވާމީ އިންވެސްޓްމަންޓްތައް ގެނައުމަށް ފަރުމާކޮށްފައިވާ ”ފޯކޯ“ (FOCO) ނަމަކަށް ކިޔާ ޕަބްލިކް ކޯ-އިންވެސްޓްމަންޓް ފަންޑު މެދުވެރިކޮށެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ކިއުއައިއޭގެ ޗީފް އެގްޒެކެޓިވް މުހައްމަދު ސައިފް އަލް ސޮވައިދީ ވިދާޅުވީ، މި ޕާޓްނަޝިޕަކީ ސްޕެއިންގެ އިގްތިސާދުގެ ވަރުގަދަކަމާ މެދު ގަތަރުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ދާއިރާތަކަށް އެހީތެރިވުމަށް ގަތަރުން ވެފައިވާ ވައުދުގެ ބައެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކޮފިޑެސްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް އެންޖެލާ ޕެރޭޒް ވިދާޅުވީ، މިއީ ގަތަރާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެ، ސްޕެއިންގެ އުއްމީދީ ކުންފުނިތަކަށް ބައިނަލްއަގްވާމީ އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯދުމަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. މި އިންވެސްޓްމަންޓުގެ ސަބަބުން ސްޕެއިންގެ އިގްތިސާދީ ދުވެލި ހަލުވިވެ، އާ ވަޒީފާތަކާއި އާ އީޖާދުތަކަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ގަތަރާއި ސްޕެއިނުން 327 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ