އުޒްބެކިސްތާން ބަލިކޮށް ޕޯޗުގަލް ގްރޫޕުގެ އެއްވަނައަށް

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ކޭގައި މިރޭ ކުޅުނު މެޗުގައި އުޒްބެކިސްތާންގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕޯޗުގަލް ކުރިހޯދައިފިއެވެ. ހިއުސްޓަންގައި ކުޅުނު މި މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ލަނޑު ކާމިޔާބުކޮށް، ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި މުޅިން އާ ރެކޯޑެއް ގާއިމުކޮށްފައެވެ.
ވޯލްޑް ކަޕްގައި ޕޯޗުގަލްގެ ތާރީޚަށް ބަލާއިރު، 1966 ވަނަ އަހަރު ތިންވަނަ ހޯދުމަކީ އެ ގައުމުގެ އެންމެ ބޮޑު ކާމިޔާބީއެވެ. 2002 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ހަތް ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ޕޯޗުގަލްގެ އަމާޒަކީ މިފަހަރުގެ މުބާރާތުގައި މިއަށްވުރެ މަތީ ކާމިޔާބީއެއް ހޯދުމެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ