ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލްގެ ހުނަރަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އޭނާ ކުރިމަގުގައި ބެލޮންޑިއޯ އެވޯޑު ހޯދާނެކަމުގެ ޔަގީންކަން އޮތް ކަމަށް ސްޕެއިންގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ރޮޑްރީ ބުނެފިއެވެ.
މީގެ ކުރިން 2024 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑު ކާމިޔާބުކުރި ރޮޑްރީ، ”ޑީއޭޒެޑްއެން“ އަށް ދިން އިންޓަވިއުއެއްގައި ބުނީ، ޔަމާލް އަކީ މިހާރުވެސް ތަރިއެއް ކަމަށާއި އޭނާގެ ކުރިމަގު ވަރަށް އުޖާލާ ކަމަށެވެ.
އުމުރުން 18 އަހަރުގެ ޔަމާލް ސިފަކުރަމުން ރޮޑްރީ ބުނީ އޭނާ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އެއްދުވަހަކުން އޭނާ ބެލޮންޑޯ ހޯދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން، އުމުރުން ހަގު ނަމަވެސް، ޔަމާލް ކުޅުމަށް ބަހައްޓާ ފޯކަސްއަށް ރޮޑްރީ ވަނީ ތައުރީފުކޮށްފައެވެ. ޔަމާލް އަކީ ސްޕެއިން ފުޓްބޯޅައިގެ މިހާރުގެ އަދި ކުރިމަގުގެ ވެސް މުހިންމު ބައެއް ކަމަށް ރޮޑްރީ ފާހަގަކުރިއެވެ.
މި ދެ ކުޅުންތެރިން ވެސް މިހާރު ތިބީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ސްޕެއިންގެ ޓީމާއެކުއެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ޔަމާލް ބެލޮންޑިއޯ އެވޯޑު ހޯދާނެކަމާ މެދު ޝެއްކެއް ނެތް: ރޮޑްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ