ކައުންސިލްތަކުގެ ދައުރު ގާނޫނަކުން ބަދަލު ކުރުމަށް މަޖިލީޙަށް ހުށަހެޅި ބިލްގެ މައްސަލަ ސުޕްރީމް ކޯޓަށް!

އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލްގެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ. 
ބިލާއި ގުޅޭ ގޮތުން ޕީޕީއެމް، ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށްވަރުގެ ކުރުމުގެ ހާއްސަ ބިލަކީ ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ގާނޫނުއަސާސީގެ ބާރު ކަނޑުވައިލައި އެމްޑީޕީގެ މެޖޯރިޓީގެ ނާޖާއިޒް ފައިދާ ނަގައިގެން ގާނޫނުއަސާސީއާއި ހިލާފަށް ހިންގާ އަމަލެއް ކަމަށެވެ. 
އެގޮތުން އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމެއް ގާނޫނުއަސާސީއަށް އިސްލާހު ނުކޮށް ގާނޫނަކުން ބަދަލު ނުކުރެވޭނެ ކަމަށާއި އެއީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުން ކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ގާނޫނަކުން ގާނޫނުއަސާސީގެ މާއްދާއެއް ބާތިލް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ. 
ޕީޕީއެމް ޕީއެންސީގެ ބަޔާނުގައި ބުނެފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ފުރަތަމަ ހައްލެއް ހޯދަން ޖެހޭނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކަމަށާއި ނުވަތަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮސްފައިވާ ކަމަށެވެ. އެ ނޫން ގޮތަކަށް އަމަލު ކުރުމަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުން ކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެން ކަމުން އިދިކޮޅު ކޯޅިޝަންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާ އެކަމުގެ ތައްރީތައް ވަމުންދާ ކަމަށް ޕީޕީއެމް ޕީއެންސީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. 
މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވަނީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެ ތާރީހަށް ކައުންސިލް އިންތިހާބު ބޭއްވޭނެ ކަމަކަށް ނުބެލެވޭތީ އިންތިޚާބު މިހާރުވަނީ ފަސްކޮށްފައެވެ.
އެގޮތުން ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރަން ސަރުކާރުން ހުށަހަޅާފައިވާ ސަންސެޓް ބިލު، ބައެއް އިސްލާހު ތަކާ އެކު ރައްޔިތުންގެ މަޖިލީހުންވަނީ ފާސްކޮށްފައެވެ. ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލް ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 63 މެމްބަރުންގެ އިއްތިފާގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ