އަލިފާނުގެ ހާދިސާގައިވާ މަރަކީ ޝަހީދު މަރެއް - ޑރ. އިޔާޒް

އަލިފާނުގެ ހާދިސާ ގައިވާ މަަކީ ޝަހީދު މަރެއް ކަމަށް، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަަދު އިޔާޒް ވިދާޅުވެއްޖެއެވެ.
މިރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހަދިސާގައި އަންހެނަކު ވަނީ ނިޔާވެފައެވެ.
އެ ހާދިސާގައި ނިޔާވެފައި ވަނީ، ގެއްލިގެން ހޯދަމުން ދިޔަ 49 އަހަރުގެ އަންހެނެއް ކަމަށްވާ ތ.ބުރުނީ އައިމިނަތު ޝައުނާއެވެ.
"އަލިފާނުގެ ހާދިސާގައިވާ މަރަކީ ޝަހީދު މަރެކެވެ. މިރޭ އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ އުޚްތާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި". އޭނާ ނިޔާވުމާއި ގުޅިގެން މިރޭ ޑރ އިޔާޒް ކުރެއްވި ޓްވީޓެއްގައި ވެއެވެ.
މިރޭ 7:30 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި 100 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އެ އެންމެންނަށް ކަލާފާނު ސްކޫލްގައި ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސާފައެެވެ. އެ ފަރާތްތަކަށް ކާނާ އާއި ބޯފެން ހަމަޖެހިފައިވާކަމަށް އެންޑީއެމްސީން ވަނީ ވިދާޅުވެފައެވެ.
މިރޭ މާލޭގައި ހިނގި އެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާއި ބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ