އެޗްޕީއޭއިން މިހާރުވެސް ވަނީ ކޮވިޑް ފުށްގަނޑު މޮޑެ ނިންމައިފައެވެ. ކޮމަންޑޫ ދާއިރާގެ އިންތިޚާބު ނިމޭއިރަށް ރޮށިފިހަން ފަށާނެއެވެ. ވީމާ މުސްލިމުން ރަމަޟާންމަހުގެ ނަމާދުތައް މިސްކިތްތަކުގައި ކޮށްލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކޮމަންޑޫ ދާއިރާގެ އިންތިޚާބް ރަމަޟާން މަސް ނިމެންދެން އިލެކްޝަންސް ކޮމިޝަނުން މަޑުޖައްސާލަދިނުމަށް ގިނަ ބައަކު ދަނީ އެދެމުންނެވެ.
"ކޮވިޑް ފެތުރެނީ ހަމައެކަނި ސްކޫލަށް ކިޔަވަން ދިޔައިމަތޯ؟ ނުވަތަ މިސްކިތަށް ނަމާދަށް ދިޔައިމަތޯ؟ ސްޓޭޑިޔަމްގައި ފުޓްބޯޅަކުޅޭ ކުދިން ކުޅެނީ، ކެމްޕެއިން ދަތުރުތައް ކުރާނެވަރަކަށް ކުރަނީ, ގައިދުރު ކުރާކަށް މާސްކު އަޅާކަށް ނުޖެހޭ.!
އިންތިޚާބު ނިމުނީމާ ދަތުރުފަތުރު ކުރުންވެސް މަނާކުރާ ގޮތަށް ކޮވިޑް އާއި އެކު ޑީލްއެއް ހެއްދެވީތޯ؟ (ކެރަފާ ނަސީމް) މިހާރު ކަންތައް ތިކުރައްވާ ގޮތުން ކޮވިޑް އަކީ މޮޑޭ ފުއްގަނޑަކަށް ވެއްޖެ. ބޭނުންއިރަކު ބޭނުން ގޮތަކަށް ހަދާލެވޭ އެއްޗެއް. أعوذ بالله."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އިންތިޚާބު ނިމުނީމާ ދަތުރުފަތުރު ކުރުންވެސް މަނާކުރާ ގޮތަށް ކޮވިޑް އާއި އެކު ޑީލްއެއް ހެއްދެވީތޯ? @KerafaNaseem. މިހާރު ކަންތައް ތިކުރައްވާ ގޮތުން ކޮވިޑް އަކީ މޮޑޭ ފުއްގަނޑަކަށް ވެއްޖެ. ބޭނުންއިރަކު ބޭނުން ގޮތަކަށް ހަދާލެވޭ އެެއްޗެއް. أعوذ بالله.
— Dr.Mohamed Iyaz (@dr_iyaz) January 16, 2022
ކޮވިޑް ފެތުރެނީ ހަމައެކަނި ސްކޫލަށް ކިޔަވަން ދިޔައިމަތޯ? ނުވަތަ މިސްކިތަށް ނަމާދަށް ދިޔައިމަތޯ? @HPA_MV. ސްޓޭޑިޔަމްގައި ފުޓްބޯޅަކުޅޭ ކުދިން ކުޅެނީ, ކެމްޕެއިން ދަތުރުތައް ކުރާނެވަރަކަށް ކުރަނީ, ގައިދުރު ކުރާކަށް މާސްކު އަޅާކަށް ނުޖެހޭ.
— Dr.Mohamed Iyaz (@dr_iyaz) January 16, 2022
ކޮވިޑް ފުށްގަނޑު މޮޑެނީ - ކޮމަންޑޫ ދާއިރާގެ އިންތިޚާބު ނިމުމުން ރޮށިފިހެން ފަށާނެކަމުގެ ބިރު ބޮޑު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ