ކޯޓު އަމުރެއްގެ ދަށުން މެމްބަރު ޖާބިރު ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށްފިއެވެ.
ވީނިއުސްއަށް ކަށަވަރުވެފައިވާ ގޮތުގައި މެމްބަރު ޖާބިރު ހައްޔަރުކުރީ ކޯޓު އަމުރަކާ ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކުރީ ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރުކުރުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖާބިރުގެ ހައްޔަރު ކުރީ ޔޮޓް ޓުއާސް މޯލްޑިވްސްއާ ދެކޮޅަށް މީހަކު ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކުރުމަށެވެ. އެ އަމުރު ނެރެފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
ޖާބިރު ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ. އެ މާއްދާގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް މެމްބަރަކު ހިފިއްޖެ ހިނދަކު މެނުވީ ސުޕީރިއާ ކޯޓެއްގެ އަމުރަކާ ނުލައި މެމްބަރަކު ހައްޔަރުކޮށްގެންނުވާނެ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އޭނާ ހައްޔަރުކުރިކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ