މާދަމާ ހެނދުނު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުން އެކަށީގެންވޭ - ސްޓެލްކޯ

ކޮންމެހެން ކުރަންޖެހޭ ޓެސްޓުތަކެއް ކުރުމަށްޓަކާ މާދަމާ ހެނދުނު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ، އެކުންފުނީގެ ސިސްޓަމްތަކުގެ ޓެސްޓުތަކެއް މާދަމާ ހެދުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ޓެސްޓުތަކަކީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ޓެސްޓުތަކެއްކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މި ޓެސްޓުތައް ކުރިއަށްދާއިރު، މާދަމާ ހެނދުނު 7:00އާއި 8:00އާ ދެމެދު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެނަމަ ކުރިމަތިވެދާނެ ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން އެކުންފުނިން މަޢާފަށް އެދިފައިވެއެވެ.
މާލޭ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން، އެކުންފުނީގެ ސިސްޓަމްތަކުގެ މުހިއްމު ޓެސްޓުތަކެއް މާދަމާ ހެދުމަށް ހަމަޖެހިފައިވާއިރު، ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން މަޝްރޫޢުގެ ދަށުން މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގާއަކުން އެކުންފުނިން މިހާރު ވަނީ ގުޅާލާފައެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ޤާއިމުކޮށްފައިވާ ސަބްސްޓޭޝަންތައް އެނަޖައިޒްކުރުމުގެ މަސައްކަތް މިދިޔަ ޖުލައިމަހުގެ ތެރޭގައި ސްޓެލްކޯއިން ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ