ކުއްލިއަކަށް މޫސުން ގޯސްވުމުގެ ސަބަބުން ސައުދީގައި ކުރިއަށްދިޔަ ކޭ-ޕޮޕް ކޮންސާޓަކަށް ހުއްޓުން

ކުއްލިއަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ވައިގަދަވުމުގެ ސަބަބުން ސައުދީގައި އިއްޔެ ކުރިއަށްގެންދިޔަ ކޭ-ޕޮޕް ކޮންސާޓެއް މަޑުޖައްސާލަން ޖެހިއްޖެއެވެ. ގަޑިއަކު ގާތްގަނޑަކަށް 19 މޭލަށް ވައިގަދަވުމުގެ ސަބަބުން ދޮންވެލީގެ ތޫފާނެއްވެސް އެ ސަރަހައްދަށް ވަނީ އަރާފައެވެ. މި އިވެންޓު އޯގަނައިޒްކުރި ޓީމުން ވަނީ ވީ އެންމެ އަވަހަކަށް އެތަނަށް ޖަމާވެ ތިބި އާންމުން އަނބުރާ ގެއަށް ދިއުމަށް އިލްތިމާސްކޮށްފައެވެ. އޯގަނައިޒިން ޓީމުން ބުނި ގޮތުގައި ކުއްލިއަކަށް މޫސުން ގޯސްވުމުގެ ސަބަބުން ތާވަލުކުރެވިފައިވާ ގޮތަށް އެ ޝޯ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. މި އިވެންޓު އަލުން ބާއްވާނެ ތާރީޚެއް އޯގަނައިޒަރުން ހާމަކޮށްފައެއް ނުވެއެވެ. ސައުދީގެ މީޓިއޮރޮލޮޖީން ވަނީ ބޯކޮށް ވާރޭވެހި، ދޮންވެލީގެ ތޫފާނެއް އަތުވެދާނެކަމަށް ލަފާކޮށްފައެވެ. މީގެ ސަބަބުން މި އިވެންޓް އޯގަނައިޒްކުރި ފަރާތުގެ އެހެން އިވެންޓުތައްވެސް ކެންސަލްކުރަން ޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ