ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އޭނާ ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ ރައްޔިތުން ވެސް ގަބޫލުކުރާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރުގެ ކެމްޕޭނުގެ ތެރެއިން ރޭ ސ. ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ ޖީއެމްއާރް މައްސަލަ އާއި ރާއްޖޭގެ ސިޔާސީ މަސްރަހާއި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުން ފަދަ ކަންކަމުގެ ތެރޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވީ ކަމަށެވެ.
އަދި އޭނާއަކީ ރާއްޖޭގެ އެހެން ސިޔާސީ ލީޑަރުންނާއި ތަފާތު ރާއްޖެ އަށް އަމާންތަނަށް ހެދުމުގެ ގާބިލިއްޔަތާއި ފެންވަރު ހުރި ސިޔާސީ ބޭފުޅާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ރާއްޖޭގައި ބޮޑެތި ކުށް ކުރުން ވަރަށް ބޮޑަށް އިތުރުވެ ގައުމުގެ އިޖުތިމާއި ފޭރާން ވީދި އަމާންކަން ގެއްލިފައިވީ ނަމަވެސް އެކަންކަން ހައްލު ކުރުމަށް ސިޔާސީ އެއްވެސް ވެރިއަކު އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށާއި ނަމަވެސް ރާއްޖެ އަމާން ތަނަކަށް ހަދާނެ ކަމަށް ވެސް ރޭ އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި 20 މީހަކު އަނިޔާވެރިކޮށް މަރާލާފައިވާ ކަމަށާއި ރާއްޖޭގައި މީހުން މެރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި އަންހެން ކުދިން ރޭޕް ކުރުމާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް އިންތިހާ އަށް ބޮޑުވެ، ގައުމުގެ އަމާންކަން މިހާރު ގެއްލިފައިވާ ކަމަށެވެ.
އުމަރުވަނީ ހިތަދޫ އަދި މަރަދޫ އާއި މަރަދޫ ފޭދޫގައި ހުރި ކެމްޕެއިން ޖަގަހަތައް ރަސްމީކޮށް ހުޅުވައިދެއްވާފައެވެ.
“ގައުމު އަމާންކުރަން” މި ޝިއާރުގެ ދަށުން ކުރައްވާ ކެމްޕެއިން ދަތުރު ގައި އުމަރުގެ އިތުރުން ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ނާޒިމް އާއި ކައުންސިލް މެމްބަރު މާޒް ސަލީމްގެ އިތުރުން ޕީޕީއެމް އެކިއެކި ކޮމެޓީތަކުގެ އިސްމެމްބަރުން މި ދަތުރުގައި ބައިވެރިވެއެވެ.
މިދިޔަ 4 އަހަރު ބޮޑެތި މަސައްކަތްތަކެއްކުރިކަން ރައްޔިތުން ގަބޫލުކުރޭ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ