ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރި މީހަކު ޖަލަށް ލުމަށް ހުކުމް ކުރި މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަނގައިފިއެވެ.
ސ.ހިދަތޫ ގުރައިޝާމަންޒިލް އުބައިދުﷲ ހަސަން ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރި މައްސަލައިގައި އޭނާ އެއް އަހަރަށް ޖަލަށް ލުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އިސްތިއުނާފު ކޮށްފައެވެ. ހައި ކޯޓުން މި މައްސަލަ އަލުން ބެލުމަށް އަންގާފައިވަނީ މިކަމުގެ ސަބަބުންނެވެ.
މި މައްސަލަ އަލުން ބެލުމަށް އަންގާފައިވަނީ، އުބައިދުﷲ ހަސަން އޭނާއަށް ޝަރީޢަތުގައި ވަކީލެއް ބޭނުން ނުވާކަމަށް ބުނެ، ފަހުން ވަކީލަކު އައްޔަނު ކުރުމުންވެސް އޭނާގެ ވަކީލަށް ކޯޓުގައި އޭނާގެ ދިފާޢުގައި ވަކާލާތުކުރުމުގެ ފުރުސަތު ލިބިފައި ނުވާތީއެވެ.
މި މައްސަލައިގައި ދަޢުވާ ލިބޭ އުބައިދުﷲގެ ފަރާތުން ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ، ޢައިރު ޤާނޫނީ ހައްޔަރުގެ މައްޗަށް ބިނާކޮށް ހަށިގަނޑުން ސާމްޕްލް ނެގުމަށް ކުރެވޭ އަމުރު ސައްޙަ ނުވާނެކަމަށް ކަނޑައަޅައިދިނުމަށް އިތުރަށް ދަޢުވާކޮށްފައެވެ. އެހެން ނަމަވެސް، އޭނާގެ ޤާނޫނީ ވަކީލަށް ވަކާލާތުކުރުމުގެ ފުރުސަތު ދީފައި ނުވާތީ އިސްތިއުނާފަށް ހުށަހެޅި ނުކުތާއާއި ގުޅިގެން އެ މައްސަލަ ބެލުމަށް ނިންމާފައިވާތީ، ދެވަނައަށް އިސްތިއުނާފު ކުރެވުނު މައްސަލައަށް ރިޢާއަތް ކޮށްފައެއް ނުވެއެވެ.
ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، އުބައިދުﷲ ގެ މައްޗަށް ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރިކަމުގެ ދައުވާ ސާބިތުވީ ނަމަވެސް އޭނާ އެހުކުމް ތަންފީޒު ކުރަން ޖެހޭނީ ކުރިން ކޮށްފައިވާ ހުކުމް ބާކީ އޮތް މިންވަރެއް ކަމަށެވެ.
ކުޑަކަމުދާ އެއްޗެހި ނުދީގެން ޖަލަށްލުމަށް ކުރި ހުކުމް އަލުން ބެލުމަށް ހައި ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ