ކުޑަކުދިންނަށް ބާއްވާ ވަރަށް ޚާއްޞަ ދީނީ ދަރުސެއް ހުކުރު ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒުގައި!
ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ބާއްވާ ވަރަށް ޚާއްޞަ ދީނީ ދަރުސެއް އަންނަ ހުކުރު ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒުގައި އޮންނާނެ ކަމަށް މި ދަރުސް އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފި އެވެ. އަހަރެން ﷲ އަށް އީމާންވަމެވެ. މި ނަމުގައި ހަމައެކަނި ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ބާއްވާ ދީނީ ދަރުސް ދެއްވާނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ނިމާލް މުޙައްމަދު ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އެހެން ކަމުން ޢާއްމު ގޮތެއްގައި ޢާއިލީ ދުވަހެއްގެ ގޮތުގައި ދިވެހިން ޚާއްޞަ ކޮށްފައިވާ ހަފްތާގެ ޢީދު ދުވަހުގެ ހަވީރު :15:04 އަށް ޒުވާނުންގެ މަރުކަޒުގެ ގޯތި ތެރެއަށް ހުރިހާ ބޭފުޅުން ވެސް ތުއްޕުޅު ބޭފުޅުން ގޮވައިގެން ވަޑައިގަތުމަކީ މި ދަރުސް އިންތިޒާމް ކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ. މާތް ﷲ ތިޔަ އެންމެ ބޭފުޅުންނަށް ހެޔޮވިސްނުން ދެއްވާ ދުނިޔެ އާއި އާޚިރަތުގައި ވެސް ކާމިޔާބު ބައެއް ކަމުގައި ލައްވާށިއެވެ! އާމީން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ