ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މާދަމާ ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ދިވެހި ރާއްޖޭގެ ޢަދުލު އިންސާފު ޤާއިމު ކުރުމުގެ އެންމެ މަތީ ބާރު ކަމަށްވާ ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ވަކިވަކިން ފޮނުވި މި އަމުރުގައި ސުޕްރީމް ކޯޓުން އަންގާފައި ވަނީ މާދަމާ މެންދުރުފަހު 2:00 ޖަހާއިރު ކޯޓަށް ހާޒިރުވުމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން އެ ކޯޓަށް ހާޒިރުކުރަނީ އެ ކޯޓުގެ އަމުރުތަކާ ޚިލާފަށް ކަންކަން ކުރަމުން ގެންދިޔުމާއި ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ވާހަކަތައް އެ ކޮމިޝަނުން ދައްކަމުން ގެންދާތީ ކަމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް ފޮނުވި އަމުރުގައި ބުނެފައި ވެއެވެ. މި އަމުރުގައި އިތުރަށް ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ނޫސް ކޮންފަރެންސް ތަކުގައި ސުޕްރީމް ކޯޓު ކޮންޓެމްޕްޓް ވާގޮތަށް ވާހަކަ ދައްކާފައިވާތީ ކަމަށެވެ. އަދި ކުދި ޕާޓީތައް އުވިގެން ދިޔުމާ ގުޅިގެން އެ ކޯޓުން ކޮށްފައިވާ އަމުރަށް އަމަލުކޮށްފައި ނުވުމުގެ އިތުރުން މިދިޔަ މަހުގެ ނުވަވަނަ ދުވަހު ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރަށް ގޮންޖަހައި ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ގަސްދުގައި އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ބަހައްޓަމުން އަންނަ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ