މައުމޫން ވިދާޅުވިހެން ބިރުފަހަނާޅައިދާން ނަޝީދުު ވެސް ގޮވާލައްވައިފި

ސިޔާސީ ގޮތުން ކާމިޔާބު ހޯދަން ބިރު ފަހަނަހަޅައި ދާންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެފައި ވަނިކޮށް، އެ ވާހަކަފުޅަށް ތާއީދުކުރައްވައި "ބިރުފަހަނާހަޅައިދާން" ކުރީގެ ރައީސް މުހައްމަދުު ނަޝީދު ވެސް މިއަދު ގޮވާލައްވައިފި އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްކަން ކުރައްވާ މައުމޫން ވިދާޅުވެފައި ވަނީ ސިޔާސީ ކޮންމެ މަސައްކަތެއް ކާމިޔާބު ކުރަން ވެސް ނަޒާހަތްތެރިކަމާއި ހިތްވަރު ކޮންމެހެން ބޭނުންވާ ކަމަށެވެ. އަޅަންޖެހޭ ފިޔަވަޅު އަޅަން ބިރުގަނެ، ފަސްޖެހިއްޖެ ނަމަ ދުވަހަކު ވެސް ކާމިޔާބެއް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ވާހަކަފުޅަށް ހިތްވަރު ލިބޭ ގޮތަށް ނަޝީދު ވިދާޅުވީ ރާއްޖެ މިވަނީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށެވެ. ސަލާމަތުގެ އައްސޭރި އޮތީ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދައި ބިރުފަހަނާޅައި ދިއުމުން ކަމަށެވެ. މި ނޫނަސް މިއީ، ވަރަށް ގިނަ ޖަލްސާތަކުގައި ވެސް ނަޝީދު ތަކުރާރުކުރައްވާ ވާހަކަފުޅެކެވެ. ނަޝީދާއި ސަރުކާރާ އިދިކޮޅު ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް އުފައްދާފައިވާ އިއްތިހާދުގެ އަމާޒަކީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް އިންތިގާލީ ސަރުކާރެއް އުފެއްދުމެވެ. އޭގެ ފަހުން ސިޔާސީ ހުރިހާ ފަރާތްތަކަށް ވާދަކުރެވޭ ރިޔާސީ އިންތިހާބެއް ބޭއްވުމުގެ މަގު ފަހިކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ