ލުބުނާނަށް ހަމަލާދިނުން ހުއްޓާލުމަށް އިރާނުން އިންޒާރު ދީފައި ވަނިކޮށް، އިޒްރޭލުން އަނެއްކާވެސް އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އިޒްރޭލުން ދެކުނުގެ ސިޓީއެއް ކަމަށްވާ ޓައިރަށް ދިން ހަމަލާތަކުގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.
އިޒްރޭލު ސިފައިން ވަނީ އެ ސިޓީގެ ރައްޔިތުން ގެދޮރު ދޫކޮށް ދިއުމަށް އަމުރުކޮށްފަ އެވެ. މީގެ ތެރޭގައި އެ ސިޓީގައި ކްރިސްޓިއަނުން ދިރިއުޅޭ ސަރަހައްދު ހުސްކުރުމަށް ފުރަތަމަ ފަހަރަށް ވަނީ އަންގާފަ އެވެ.
އިޒްރޭލުން އަނެއްކާވެސް ހަމަލާ މި ދިނީ ހޯމަ ދުވަހު ހަމަލާ މެދުކަނޑާލަން އެއްބަސްވުމަށް ފަހުގަ އެވެ. އޭރު އިރާނުން ބުނީ ލުބްނާނަށް ހަމަލާ ދީފި ނަމަ ރައްދުގައި ހަމަލާ ދޭނެ ކަމަށެވެ.
އެހެންވެ، އިރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހަމަނުޖެހުންތަކުގައި މިހާތަނަށް އެ ގައުމުން 3,666 މީހުން މަރުވެފައިވެ އެވެ.
އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ބޯޑަރުގެ ދެ ފަރާތުން ހިނގި ކުރިމަތިލުންތަކުގައި އިޒްރޭލުގެ 30 ސިފައިންނާއި ހަތަރު އާންމުން ވަނީ މަރުވެފަ އެވެ.
އިރާނުގެ އިންޒާރަށް ނުބަލައި އިޒްރޭލުން ލުބުނާނަށް ހަމަލާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ