ހަވީރު އޮންލައިނުން ރޯދަ މަހަށް ހާއްސަ "ރެސިޕީ" ސެކްޝަނެއް ހަދައިފި

ހަވީރު އޮންލައިން އިން ރޯދަ މަހަށް ހާއްސަކޮށްގެން "ރެސިޕީ" ސެކްޝަނެއް ހަދައިފި އެވެ. މި ސެކްޝަންގެ އެޑްރެހަކީ ހަވީރު ޑޮޓް ކޮމް ޑޮޓް އެމްވީ ސްލޭޝް ރެސިޕީސް އެވެ.
ހަވީރުގެ އޮންލައިންގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގެ އެންމެ މަގުބޫލް އަދި އެންމެ ގިނަ ބަޔަކު ކިޔާ ވެބްސައިޓް ކަމަށްވާ ހަވީރު އޮންލައިންގެ ރެސިޕީ ސެކްޝަންގެ ލިއުންތައް ހުންނާނީ ދިވެހި ބަހުން ކަމަށެވެ. އެ ސެކްޝަންގެ ލިންކެއް މިއަދުން ފެށިގެން ހަވީރު ވެބްސައިޓްގެ ހޯމް ޕޭޖްގައި ފެންނަން ހުންނާނެ އެވެ.
ހަވީރު އޮންލައިނުން ރޯދަ މަހަށް ޚާއްސަކޮށް ހެދި މި ސެކްޝަން ފުރަތަމަ ފަށާއިރު ވެސް 1،000 އަށް ވުރެ ގިނަ ރެސިޕީ ހުންނާނެ ކަމަށް ހަވީރު އޮންލައިން އިން ބުންޏެވެ. އަދި ރެސިޕީތައް ލިބޭ ވަރަކުން އިތުރު ކުރަމުން ގެންދާނެ ކަމަށް ވެސް ހަވީރު އޮންލައިން އިން ބުނެ އެވެ.
ހަވީރު އޮންލައިންގެ އޮފިޝަލް ވިދާޅުވީ "ރެސިޕީ" ސެކްޝަން ރޯދަ މަސް ނިމުމުން ވެސް ކުރިޔަށް ގެންދަން ނިމާފައިވާ ކަމަށެވެ. އަދި މި ސެކްޝަންގައި މިހާރު ވެސް ރޯދަ މަހަށް ހާއްސަ ވަރަށް ގިނަ ރެސިޕީތައް އެކުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަވީރުން ވަނީ އިއުލާން ޑޮޓް އެމްވީގެ ނަމުގައި އިއުލާން ވެބް ސައިޓެއް ވެސް މިއަހަރު އޭޕްރީލް މަހު ތައާރަފުކޮށްފަ އެވެ.
ހަވީރު އޮންލައިނަށް ދުވާލަކު 2 މިލިއަން ހިޓްސް ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ