އީސީގެ މެމްބަރު ކަމަށް އަކުރަމް އައްޔަން ކޮށްފި
        އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ހދ. މަކުނުދޫ، ޑައިމަންޑްވިލާ، އަހްމަދު އަކްރަމް އައްޔަން ކޮށްފިއެވެ.  ރައީސް އޮފީހުގައި ހެނދުނު އޮތް ރަސްމިއްޔާތެއްގައި އަކްރަން ވަނީ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވައިފަ އެވެ.  އަކުރަމަށް ރުހުންދޭން މަޖިލީހުން ފާސްކުރި އިރު އޭނާގެ ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން ވެސް ވަނީ އަކުރަމަށް ރުހުން ދޭން ނިންމާފައި އެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އަކުރަމް އައްޔަން ކުރަން ފެންނަ ކަމަށް ރުހުން ދީފައި ވަނީ 53 މެމްބަރުންގެ ވޯޓުން ނެވެ.  އޭނާ އަކީ މީގެކުރިން އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގަ އެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ