ގާސިމް އިބްރާހިމްގެ ޝަރީއަތުގެ އަޑުއެހުމެއް މިރެއަށް ތާވަލުކޮށްފި

ގާސިމް އިބްރާހިމްގެ ޝަރީއަތުގެ އަޑުއެހުމެއް މިރެއަށް ތާވަލުކޮށްފިއެވެ.
ގާސިމް އިބްރާހިމްގެ ޝަރީއަތުގެ މަޖިލީސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 11:00 ގައެވެ.
ގާސިމް އިބްރާހިމްގެ ޝަރީއަތުގެ މަޖިލީހެއް މިރޭ ކުއްލިގޮތަށް ބާއްވަން ނިންމިއިރު، މިއަދު ކޯޓްގައި ހުންނަވަނިކޮށް ގާސިމްގެ ސިއްހީ ހާލުކޮޅު އިތުރަށް ގޯސްވެ ހޭފުޅަށް ގޮތްވެގެން ވެއްޓިވަޑައިގެންފައެވެ.
ކޯޓުން ޝަރީއަތުގެ މަޖިލީހެއް ބާއްވަން ނިންމާފައި މިވަނީ ގާސިމް އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްވެސް ކޮށްފައިވަނިކޮށެވެ.
ގާސިމް އިބްރާހިމްގެ މައްސަލަ ބައްލަވާ ފަނޑިޔާރު މިއަދުވެސް ވަނީ ގާސިމް ހޭފުޅަށް ގޮތްވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށުމުން ގާސިމްގެ ވަކީލުން ކޯޓްގައި ހިފަހައްޓާ އެމަނިކުފާނުގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމަށްވެސް މަސައްކަތްކުރައްވާފައެވެ.
ގާސިމްގެ ސިއްހި ހާލުކޮޅަށް ބެއްލެވުމެއްނެތި ކްރިމިނަލް ކޯޓްގައި ގާސިމްގެ މައްސަލަ ބައްލަވާ ފަނޑިޔާރު އަމަލުކުރައްވާ ގޮތާއިމެދު ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި އަވަސް އަރުވާލައިގެން ގާސިމް އިބްރާހިމްގެ ޝަރީއަތް ކުރިއަށް ގެންދަނީ މައްސަލަ ބައްލަވާ ފަނޑިޔާރަށް ކޮންމެ މަޖުބޫރުކަމެއް އޮވެގެންތޯވެސް ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.
ގާސިމް އިބްރާހިމްގެ ހާލުކޮޅު ގޯސްވެ ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވުމަށް ޑޮކްޓަރުން އިރުޝާދު ދެމުންދިޔަނަމަވެސް ކަމާބެހޭ އިދާރާތަކުން އެކަންކަަމަށް ބެލުމެއް ނެތި ގާސިމަށް އަވަހަށް ހުކުމް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.
ތަފްސީލް އަންނަނީ----
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ