ސިޔާސީ ލީޑަރުންގެ ފަރާތުން ފެންނަން ބޭނުންވަނީ ރައްޔިތުން ދެއްކިފަދަ އެކުވެރިކަމާއި އެއްބާރުލުން: ދުންޔާ

މިއީ ދިވެހި ރައްޔިތުންނަށް ސިޔާސީ ލީޑަރުންގެ ފަރާތުން އެއްބާރުލުން އެންމެ ބޮޑަށް ބޭނުންވާނެ ވަގުތު ކަމުގައި ދިވެހިރާއްޖޭގެ ކުރީ ޚާރިޖީވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިން ވަނީ މި ކާރިސާގެ ތެރޭގައި ވަޒީފާ ގެއްލި، ފައިސާ ހޯދޭނެ ގޮތްތައް ހުސްވެގެން ދިޔައިރުވެސް ކެތްތެރިކަމާއި އެކު ސަރުކާރުން އެންގެވިގޮތަށް އަމަލުކޮށްފައިކަމަށެވެ. އަދި އެހެން ކަމުން މިފަދަ ގުރުބާނީތަކަށް ފަހު ސިޔާސީ ލީޑަރުންގެ ފަރާތުން ފެންނަން ބޭނުންވަނީ ރައްޔިތުން ދެއްކިފަދަ އެކުވެރިކަމާއި އެއްބާރުލުން ކަމަށް ދުންޔާ ވިދާޅުވިއެވެ. މިއީ ދިވެހި ރައްޔިތުންނަށް ސިޔާސީ ލީޑަރުންގެ ފަރާތުން އެއްބާރުލުން އެންމެ ބޮޑަށް ބޭނުންވާނެ ވަގުތު.ދިވެހިން ވަނީ މިކާރިސާގެ ތެރޭގައި ވަޒީފާ ގެއްލި، ފައިސާ ހޯދޭނެ ގޮތްތައް ހުސްވެގެންދިޔައިރުވެސް ކެތްތެރިކަމާއެކު، ސަރުކާރުން އެންގެވި ގޮތައް އަމަލުކޮށްފައި.(1/2)— Dunya Maumoon (@dunyamaumoon) June 15, 2020ކޮވިޑު-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދީ ހާލަތު ވަރަށް ދަށްވެފައިވާއިރު ރާއްޖޭގެ ސިޔާސީ މަސްރަހުވެސް ވަނީ ވަރަށް ހޫނުވެފައެވެ. މިގޮތުން މަޖިލީހުން ސަރުކާރަށް ފާޑުކިޔުމާއި، މަޖިލީހުގައި އިދިކޮޅު މެމްބަރުންނާއި މެދު ވެރިކަން ކުރާ ޕާޓީ އެމްޑީޕީ މެމްބަރުން މާރާމާރީ ހިންގުން ފަދަ ކަންކަން ވަނީ ކުރިމަތިވެފައެވެ. އަދި ހަމަ އެހެންމެ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނަށްވެސް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރުން ދަނީ ބަހުގެ ހަމަލާތައް ދެމުންނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ