ވައިކަރަދޫ ބަނދަރުތެރެ މަރުވެ ކުނިވަމުންދާ މުށިމަހުން ފުރިއްޖެ

ހއ. ވައިކަރަދޫގެ ބަނދަރުގެ ސަރަހައްދަށް ވަން މުށިމަސް އައިނެއް އެތަނުގައި ތާށިވުމުން އެ މަސްތައް މަރުވެ ފެންމައްޗަށް އަރަން ފެށުމުން ސާފު ކުރަން ބޮޑު މަސައްކަތެއް ފަށަން ޖެހިއްޖެއެވެ.
ބޮޑު މުށި މަސް އައިނެއް އެ ރަށުގެ ފަޅުތެރެއަށް ވަނީ އިއްޔެ ފަތިހު އެވެ. އަދި އިރުއޮއްސުނު ގަޑީގައި އެ މަސްތައް ނުކުނަށް އުޅެނިކޮށް ލޮނުގަނޑު އުފުލި މަސްތައް ފަޅުތެރޭގައި ވަނީ ތާށިވެފައެވެ.
އެ މަސްތައް ބަނދަރުގެ ސަރަހައްދުގެ ތާށިވެ، ނޭވާ ނުލެވިގެން ފަޅު ތެރޭގައި އެކި ކޮޅަށް ފުމެން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގަޑީގައި ރައްޔިތުން ނުކުމެ އެ މުށި މަސްތައް ހިފަން ވެސް ނުކުތެވެ.
"ތާށިވި ގަޑީގައި ގިނަ އަދަދެއް ރައްޔިތުން ނިކުމެ މުށި މަސްތައް ހިފި. އަތުން ވެސް ވަރަށް ގިނަ މުށި މަސް ނެގި. މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ގެތަކަށް ހާހުން މަސް ގެންގޮސްފައިވޭ." ނުހާމް ވިދާޅުވިއެވެ.
ނުހާމް ވިދާޅުވީ، މަރުވެ ކުނިވެގެން މިއަދު ހެނދުނު ފަޅުތެރެއަށް ފެންމައްޗަށް މައްޗަށް އަރާފައިވަނީ ރޭގައި ނުހިފުނު މަސްތައް ކަމަށެވެ.
ނުހާމް ވިދާޅުވީ މިއަދު ރައްޔިތުން ނިކުމެ އެ ރަށުގައި މަސައްކަތް ކުރާ އިންޑިއާ ކުންފުންޏެއްގެ ލޯޑަރުގެ އެހީގައި ކުނިވެފައިވާ މަސްތައް ނަގާފައިވާ ކަމަށެވެ. އެގޮތުން ލޯޑަޓުގެ 10 ދަތްގަނޑުފުރާ މަރުވެފައިވާ މަސް ނެގި ކަމަށް ވިދާޅުވިއެވެ. މިހާރު ވެސް މަސްތައް ފެން މައްޗަށް އަރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ވަރަށް ގިނައިން ދިމާވާ މައްސަލައެއް މިއީ. މިހާރު ދެ އަހަރެއް ފަހުން އަނެއްކާ ވެސް މި ދިމާވީ. މި މައްސަލަ ދިމާވަނީ ބަނދަރު އިންނަ ގޮތުން. ރަނގަޅަށް އޮކްސިޖަން ދައުރު ނުވާތީ." ނުހާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ