ބައިނަލް އަގްވާމީ ކަނޑުގެ ސަރަހައްދުގައި ފަންސަވީސް މީހުންނާއެކު ދަތުރު ކުރަމުންދިޔަ "ގޯލްޑެން ޕްރައިޑް" ނަމަކަށް ކިޔާ ޓަގް ބޯޓެއް މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގައި ބަނދަރުކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވެ ކަނޑު ގަދަވެ ދަތުރު ނުކުރެވިގެން މި ޓަގް ބޯޓު ބަނދަރުކޮށްފައިވަނީ ހއ. އުލިގަމު އިރުމަތީ ފަރާތުގައި ކަމަށެވެ. އަދި އެ ބޯޓު ބަނދަރު ކުރީ އިއްޔެ މެންދުރު ފަހު 3:00 ޖެހި އިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދީ އުލިގަމުގައި ބަނދަރުކޮށްފައިވަނީ މޫސުން ގޯސްވެ ކަނޑު ގަދަވެ ދަތުރު ނުކުރެވިގެން ކުއްލި ހާލަތުގައި އެހީތެރިކަމަށް އެދިފައިވާތީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ކަމަށެވެ.
މި ޓަގަކީ ޑޮމިނިކަން ރިޕަބްލިކުގައި ރަޖިސްޓްރީކޮށްފައިވާ އެކަމަކު އިންޑިއާ ކުންފުންޏަކުން އޮޕަރޭޓްކުރާ ޓަގެކެވެ. އޭގައި ހުރީ ކޯއްޗެއް ކަމެއް އެމްއެންޑީއެފަކުން ނުބުނެ އެވެ. އަދި ދަތުރު ކުރެވޭ ވަރަށް މޫސުން ރަނގަޅުވުމުން މި ޓަގް ބޯޓު ފުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
ބޭރުގެ ޓަގެއް މޫސުން ގޯސްވެ ދަތުރު ނުކުރެވިގެން އުލިގަމުގައި ބަނދަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ