އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތް ނިންމާލައިފި

19 ވަނަ އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތް ރޭ ނިންމާލައިފި އެވެ.
މި މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން އަދި ފިރހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލް އެވެ. 16 އަހަރުން ދަށުގެ އަންހެން ފައިނަލް މެޗުގައި ވާދަކުރީ އަމީނިއްޔާ ސްކޫލާއި އިމާދުއްދީން ސްކޫލް އެވެ. އިމާދުއްދީން ސްކޫލުން އަމީނިއްޔާ ބަލިކުރީ 34-41 ގެ ނަތީޖާއަކުން ނެވެ. 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އިމާދުއްދީން ހޯދީ މަޖީދިއްޔާ ސްކޫލް އަތުން މޮޅުވެގެން ނެވެ.
އެ މުބާރަތުގެ 12 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެވެސް ޗެމްޕިއަންކަން ހޯދީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އެވެ. އަންހެން ފައިނަލް މެޗުގައި ޣިޔާސުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލް ވާދަކުރިއިރު، ޣިޔާސުއްދީނުން ޗެމްޕިއަންކަން ހޯދީ 20-28 އިން އިސްކަންދަރު ސްކޫލު ބަލިކޮށްގެން ނެވެ. މި ބައިގެ ފިރިހެން ފައިނަލް މެޗުގައި ޣިޔާސުއްދީން ސްކޫލާއި ކަލާފާނު ސްކޫލް ވާދަކުރިއިރު، ޣިޔާސުއްދީނުން ޗެމްޕިއަންކަން ހޯދީ 16-13 އިން ކަލާފާނު ސްކޫލު ބަލިކޮށްގެން ނެވެ.
14 އަހަރުން ދަށުގެ އަންހެން ފައިނަލުގައި ވާދަކޮށްފައިވަނީ ކަލާފާނު ސްކޫލާއި އިމާދުއްދީން ސްކޫލް އެވެ. ފޯރިގަދަ ކުޅުމަކަށްފަހު މި ބައިގެ ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލް އެވެ. އެޓިމުން ޗެމްޕިއަންކަން ހޯދީ ކަލާފާނު 28-23 އިން ބަލިކޮށްގެން ނެވެ. މި ބައިގެ ފިރިހެން ފައިނަލްގައި ބައްދަލުކުރީ މަޖީދިއްޔާ ސްކޫލާއި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް އެވެ. މި މެޗު 47-20 އިން ކާމިޔާބުކުރީ މަޖީދިއްޔާ ސްކޫލުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ