ހުކުރު މިސްކިތް ސަރަހައްދުގައި ކެފޭއެއް ހެދުމަކީ ދީނީގޮތުންނާއި، ތާރީޚީ ގޮތުންވެސް ހެޔޮވާނެކަމެއް ނޫންކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ހުކުރު މިސްކިތު ގޯތިތެރޭގައި ހުރި ރައީސް އިބްރާހިމް ނާސިރުގެ މަގުބަރާ ހިމެނޭގޮތަށް އެ ސަރަހައްދުގައި ހުރި މަހާނަތައް ތަޅާލައިގެން ނެގުމަށްފަހު އެތަނުގައި ކެފޭއެއް ހެދުމަށް ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ. ހުކުރު މިސްކިތް ހިމެނޭ ސަރަހައްދުގައި ކެފޭއެއް ހެދުމަށް ނިންމާ އެ މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
ރައީސް މައުމޫން ވިދާޅުވީ ހުކުރު މިސްކިތް ސަރަހައްދުގައި ކެފޭއެއް ހެދުމަކީ ދީނީގޮތުންނާއި، ތާރީޚީ ގޮތުންވެސް ހެޔޮވާނެކަމެއް ނޫންކަމަށެވެ. އަދި އެފަދަ ސަރަހައްދުތަކަކީ ދީނީ އަދި އާސާރީ ތަރިކައެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އެފަދަ ތަންތަން ސަލާމަތްކުރުމަކި ގައުމީ ވާޖިބެއްކަމަށެވެ.
ހުކުރު މިސްކިތް ސަރަހައްދުގައި ކެފޭއެއް ހަދަން ހެޔޮނުވާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ