އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އީރާނުގެ ބިލިއަނުން ޑޮލަރު ދޫކޮށްލަން އެއްބަސްވެފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ފެތުރުނު ޚަބަރުތައް އެގައުމުގެ ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.
ޔޫއޭއީގެ ރަސްމީ އިދާރާތަކުން ފައިސާ ދޫކުރިކަމަށް ބުނާ ވާހަކަ ދޮގުކުރި ނަމަވެސް، އެގައުމުގެ އޮފިޝަލަކު ވިދާޅުވީ ޔޫއޭއީގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ ސަރަހައްދީ މަސްރަހު ފިނިކުރުމަށާއި ހަމަޖެހުން ގާއިމުކުރުމަށް ކަމަށެވެ. އަދި ސަރަހައްދުގެ ރައްޔިތުން ހަނގުރާމައިގެ ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ޔޫއޭއީން ތާއީދުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔޫއޭއީން އީރާނުގެ ފައިސާ ދޫކުރިކަމަށް ބުނާ ވާހަކަ އެގައުމުން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ