މީދޫ ރައްޔިތުން އެދެނީ އަނަސްގެ މަރަށް އިންސާފު

ރ އަތޮޅު މީދޫއަށް ރައީސް އަބުދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާއި، ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވަޑައިގެންނެވުމުން، އަނަސްގެ މަރަށް އިންސާފު ހޯދާދިނުމަށް އެދި އެރަށުގެ ޒުވާނުން އަޑުއުުފުލަފިއެވެ.
މަޑުއްވަރީ ދާއިރާގެ ކެންޕޭން ފެށުމަށާއި، މެޑަމް ފާތިމަތު އިބްރާހިމް ކުރިއަށް ގެންދަވާ އިޖްތިމާއީ ޚިދުމަތްތަކުގެ ކަންކަން ކުރިއަށް ގެންދެވުމުގެ ގޮތުން މެޑަމް ފާތުން އަދި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން މިއަދު ވަނީ ރ މީދޫއަށް ވަޑައިގެންފައެވެ.
މި ދަތުރުފުޅާއި ދިމާކޮށް މީދޫގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން ވަނީ އަނަސްގެ މަރަށް އިންސާފު ހޯދާދިނުމަށް އެދި އަޑުއުުފުލާފައެވެ.
ގުރޫޕަކުން ވަޅިން ހަމަލާދީ ލިޓަސް ގަރާޖު ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައާއި ގުޅިގެން އެރަށް ވަނީ ފުން ހިތާމައެއްގެ ތެރޭގައެވެ.
ޒުވާނުން މިއަދު ވަނީ އަނަސްގެ މަރަށް އިންސާފު ހޯދާދިނުމަށާ، ޓީޝާޓެއް ކުށްވެރިކޮށްގެން މައްސަލަ ނުނިމޭނެކަމަށް ބުނެ އަޑުއުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ