އުތުރު ސަރަހައްދުގެ ކަރަންޓު ރަނގަޅުކުރުމަށް ކޭބަލް ވަޅުލާ ނިމިއްޖެ

ރ.އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ދެމުންދާ ކަރަންޓް ރަށުގެ އުތުރު ސަރަހައްދުގެ ގޭބީސީތަކަށް ލިބިމުގައި ކަރަންޓު ވަރަށް ބޮޑަށް ދައްވެ ވޭރިއޭޝަން މައްސަލަތައް ދިމާވާތީ އިތުރު ކޭބަލް އެއް ވަޅުލައިފިއެވެ.އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ އޮފިޝަލަކު އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި މި މައްސަލަ ހައްލު ކުރުމަށް އިންޖީނުގެއިން ފެށިގެން ރަށުގެ އުތުރު ސަރަހައްދަށް 500 މީޓަރުގެ ދިގު ކޭބަލް އެއް ވަޅުލާ ނިމިފައިވާ ކަމަށެވެ. މި ކޭބަލް ވަޅުލުމަށް ފަހު އިންޖީނުގެއިން ނިންމާފައި ވަނީ އުތުރު ސަރަހައްދަށް ކަރަންޓު ދޫކުރާ ފީޑާ 2 ބަޔަށް ބަހާލާށެވެ.އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ އޮފިޝަލަކު މައޫލޫމާތު ދިން ގޮތުގައި މި މަސައްކަތް އެއްކޮށް ނިންމާ ވީ އެންމެ އަވަހަކަށް އާ ސެޓަޕް މެދުވެރިކޮށް ކަރަންޓު ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއާ އެކު މިހާރު ދިމާވަމުންދާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން މަޢުލޫމާތުދެއެވެ.އުނގޫފާރު އުތުރު ސަރަހައްދަށް ކަރަންޓު ލިބުމުގައި ކަރަންޓު ވަރަށް ބޮޑަށް ޑްރޮޕްވާތީ އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް އުނގޫފާރު ކައުންސިލުން ވަނީ އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ ބޮޑު މަޝްރޫއެއް ފަށައި އޭގެ ދަށުން ޓްރާންސްފޯމާ ސިސްޓަމެއް ބެހެއްޓުމުގެ މަސައްކަތް ފަށާފައެވެ. މި ޓްރާންސްފޯމާ ސިސްޓަމް މިހާރު ވަނީ އުނގޫފާރަށް ގެނެސްފައެވެ. އަދި މި މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ މި ޓްރާންސްފޯމާ ސިސްޓަމް ގުޅާލުމަށް ބޭނުންވާ ހައިވޯލްޓޭޖް ކޭބަލް އުނގޫފާރަށް ގެނައުމުގެ މަސައްކަތެވެ. ޓެގްއުނގޫފާރު ރައްޔިތުންގެ އިންޖީނުގެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ