އޭސް ހާޑްވެއާރ އެންޑް ހޯމް ސެންޓަރ އަދި ކަލަރ ބޭންކްއިން ގުޅިގެން މިއަހަރުގެ ރޯދަ ޕްމޯސަން “އެންމެންގެ ރޯދަ ސޭލް” ގެ ދެވަނަ ނަސީބުވެރި ފަރާތް ހޮވައިފިއެވެ. ދެވަނަ 20000ރ ގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ އައިމިނަތް ފަޒްނާ، ގ. ސީވޭވް އެވެ.
މި ޕްރޮމޯޝަންގައި އޭސް ހާރޑްވެއަރ އަދި ކަލަރ ބޭންކްގެ ފިހާރަތަކުން ވިޔަފާރި ކޮށްގެން ގުރުއަތުން ދިމާވާ ނަސީބު ވެރި ފަރާތަކަށް ކޮންމެ 10 ދުވަހަކުން 20،000 ރ ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. 300ރ އިން މަތިން ވިޔަފާރިކޮށްގެން ފަސޭހަކަމާއިއެކީ ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ކަސްޓަމަރުންނަށް ހުޅުވާލެވިފައެވެ. 1 މާރޗް 2020 – 30 އޭޕްރިލް 2020 ގެ ނިޔަލަށް ކުރިޔަށްދާ މިޕްރޮމޯޝަންގައި ކަލަރ ބޭކްއިންގެ އާ ފިހާރަ، ކަލަރ ބޭންކް ހޯމް ވެސް ހިމެނެއެވެ. މި ފިހާރަޔަކީ ހުޅުމާލޭގައި މިދިޔަ އަހަރު ހުޅުވި ފިހާރައެކެވެ.
ރޯދަޔަށް ޚާސަކޮށް ގިނަ އަދަދެއްގެ ސާމާނުގައި %90 އާއި ހަމައަށް ބޮޑެތި ޑިސްކައުންތަކެއް އަޅުވާފައިވެއެވެ. މިޕްރޮމޯޝަން ސޯސަލްމީޑިޔާގައި ވެސް ކުރިޔަށްދާނެއެވެ. މީގެ ތެރެއިން އޭސް ހާޑްވެއާރގެ ފޭސްބުކް ޕޭޖްގައި ވަރަށް ޙާއްސަ ކޮންޓެސްޓްތަކެއް ކުރިއަށް ދާނެއެވެ. ކާމިޔާބު ކުރާ ފަރާތްތަކަށް އަގުހުރި އިނާމް ތަކެއް ލިބޭނެ ކަމަށް އޭސް ހާޑްވެއާރ އިން މައުލޫމާތު ދެއްވިއެވެ. އަދި ކަލަރ ބޭންކްގެ ފޭސްބުކް ޕޭޖްގައި ހިނގާ ކޮންޓެސްޓް ކާމިޔާބު ކުރާ ފަރާތަކަށް ވެސް އަގުހުރި އިނާމް ތަކެއް ލިބޭނެއެވެ.
އޭސް ހާޑްވެއަރ ދިވެހިރާއްޖޭގައި އިފްތިތާޙްކޮށްފައިވަނީ މީގެ 7 އަހަރު ކުރިން، 15 ޑިސެމްބަރ 2011 ގައެވެ. އެއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަރނޭޝަނަލްއާއި ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާދެމެދު ވެވުނު އެއްބަސްވުމެއްގެދަށުން ފެށުނު ވިޔަފާރިއެކެވެ. މި އެއްބަސްވުމަށްފަހު އޭސް ހާޑްވެއަރ އެންޑް ހޯމް ސެންޓަރގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވާފައިވަނީ 20 ޑިސެމްބަރ 2011 ގައެވެ. އަދި 19 ޑިސެމްބަރ 2013 ގައި ދެވަނަ ފިހާރައެއްވެސްވަނީ ހުޅުވާފައެވެ.
ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކަލަރ ބޭންކް އިފްތިތާޙްކޮށްފައިވަނީ 1994 ވަނަ އަހަރުއެވެ. ކަލަރބޭންކް އިން އެއްގަމު އުޅަނދުތަކުގައި ލުމަށް ހާއްސަ އެކްޒޮނޯބެލްގެ ސިކެންސް، މަތިންދާ ބޯޓްތަކަށް އެކްޒޮނޯބެލްގެ އެއިރޯސްޕޭސް ކޯޓިން، ކަނޑު އުޅަނދު ތަކަށް ޖޯޓުން މެރީން، އަދި ގޭތެރެއަށައި އިމާރާތް ތަކުގައި ލުމަށް ޙާއްސަ ޖޯޓުން ޑެކެރޭޓިވް ޕެއިންޓްސް އަދި ކްރައުން ޕެއިންޓްސް ފާހަގަކޮށްލެވެ.
އޭސް ހާޑްވެއާ އަދި ކަލަރ ބޭންކްއިން 20000ރ ގެ ދެވަނަ ނަސީބު ވެރިޔާ ހޮވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ