އިތުރު ދެ މީހަކު ކަރަންޓީނަށް ގެންދަން ސިވިލް ކޯޓުން މިރޭ އަމުރު ނެރެފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއިން ބޭރުން އަންނަ މީހުންނާއި އެ ބައްޔަށް ޝައްކުކުރެވޭ މީހުން އަންނަނީ ކަރަންޓީން ކުރަމުންނެވެ. އެކަމަށް ދެކޮޅު ހަދައިފި ނަމަ ކޯޓު އަމުރުގެ ދަށުން ވެސް އެކަން ކުރުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ވަނީ ލިބިވަޑައިގެންފަ އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓީނަށް ދިއުމަށް ދެކޮޅު ހެދި ދެ މީހަކު، ފެސިލިޓީއަކަށް ގެންދިއުމަށް އަމުރު ނެރެފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުލިބެ އެވެ.
ސިވިލް ކޯޓުން އަންނަނީ ކޮވިޑް-19 އަށް ޓެސްޓުކުރަން ދެކޮޅު ހަދާ މީހުންގެ ސާމްޕަލް ނެގުމަށް ވެސް ކޯޓު އަމުރު ނެރެމުންނެވެ. މީގެ ކުރިން ވެސް ސާމްޕަލް ދިނުމަށާއި ކަރަންޓީން ފެެސިލިޓީއަށް ދިއުމަށް ދެކޮޅު ހެދި މީހުންނާ ދެކޮޅަށް ކޯޓު އަމުރު ނެރެފަައި ވެ އެވެ.
މީގެ ކުރިން ބަންގްލަދޭޝް މީހަކާއި އޮސްޓްރިއާ މީހަކު ކޯޓު އަމުރުގެ ދަށުން ކަރަންޓީންކޮށްފައިވެ އެވެ.
އިތުރު ދެ މީހަކު ކަރަންޓީނަށް ގެންދަން ކޯޓުން އަމުރު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ